Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕީޖީން މަސައްކަތް ކުރަނީ ޝިމަން އާއި މަހްޒޫމަށް ލުއި ގޮތެއް ހޯދައިދިނުމަށް

ޕީޖީން މަސައްކަތް ކުރަނީ ޝިމަން އާއި މަހްޒޫމަށް ލުއި ގޮތެއް ހޯދައިދިނުމަށް

އައިޝަތު ރުވާ ރިފްޢަތު
387 ދުވަސް ކުރިން - 4 ޖުލައި 2025 10:36
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް އައްބާސް ޝަރީފް
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް އައްބާސް ޝަރީފް
ޚުލާސާ

އެދެމީހުންގެ މައްޗަށް ދައުވާ ކުރަން ނިންމައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، ނަސޭހަތުގެ އެއްބަސްވުން ހަދަން އެދުނު ހިނދު އެކަމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ޕީޖީން ހާމަކުރި.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުންތަކެއް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހްޒޫމް މާޖިދަށް ދައުލަތާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ. އެ ދެމީހުންގެ މައްޗަށް ދައުވާ ކުރަން ނިންމައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، ނަސޭހަތުގެ އެއްބަސްވުން ހަދަން އެދުނު ހިނދު އެކަމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ޕީޖީން ވަނީ ހާމަކޮށްފައެވެ.

ޕީޖީން ވިދާޅުވި ގޮތުގައި މަހްޒޫމްގެ މައްޗަށް ދައުވާކުރަން ނިންމި ސަބަބަކީ، މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮށްޕާލާފައިވާތީއެވެ.

ޝިމަންގެ މައްޗަށް ދައުވާ ކުރީ، ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ބަންދުކުރުމެވެ. މިގޮތުން، ޝިމަންގެ މައްޗަށް ދައުވާ ކުރި ސަބަބެއް ކަމަށް ޕީޖީއިން ވިދާޅުވީ މުޒާހަރާކުރަމުން ދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާ ކަމަށެވެ.

Advertisement

Advertisement 1

ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ދައުވާކޮށްފައިވާ މަހްޒޫމާއި ޝިމަންއަށް ވެސް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ކުރިން ވެސް ދިން ކަމަށެވެ. ނަމަވެސް ދެ މީހުން އެ ހުށަހެޅުމަށް އިންކާރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޝަފީއު ވިދާޅުވީ އަދިވެސް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އެ ދެ މީހުންނަށް އެބައޮތް ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްޕީޖީ އައްބާސް ޝަރީފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ގެ ވެރިޔާ, އަފްލާހުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

56 ދުވަސް ކުރިން - 17:47

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

76 ދުވަސް ކުރިން - 17:52

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ހަމަޖައްސައިފި

89 ދުވަސް ކުރިން - 23:06

ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަވަސްކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަސްކުރުމަށް އަންގައިފި

97 ދުވަސް ކުރިން - 17:32

މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހަކަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

މަސްތުވާތަކެއްޗާއި މަނީލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރުމީހަކަށް ދައުވާކުރަނީ

105 ދުވަސް ކުރިން - 22:07

ވީއައިއޭއިން ޑޮލަރު ފޭރުން: ފައިސާގެ ޖުމްލަ އަދަދު 1.9 މިލިއަންް ރުފިޔާއަށްވުރެ ގިނަ

ވީއައިއޭއިން ފޭރުނު ފައިސާގެ އަދަދު 1.9މިލިއަނަށް އަރާ

136 ދުވަސް ކުރިން - 22:15