ހުޅުމާލޭގައި މި އަހަރު އިތުރު ސްކޫލެއް އަޅަން ފަށާނެ: ތައުލީމީ ވުޒާރާ

އައިޝަތު ރުވާ ރިފްޢަތު | 4 ގަޑިއިރު ކުރިން - 4 ޖުލައި 2025 10:42
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރައްވާ އައު ސްކޫލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަޒީރު ކުރެއްވި ޒިޔާރަތުގެ ތެރެއިން/ ފޮޓޯ: ވުޒާރާ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރައްވާ އައު ސްކޫލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަޒީރު ކުރެއްވި ޒިޔާރަތުގެ ތެރެއިން/ ފޮޓޯ: ވުޒާރާ
ޚުލާސާ

ހުޅުމާލޭގެ އާބާދީގެ ފޯކާސްޓެއް ހެދުމަށްފަހު އާ ސްކޫލު އިމާރާތްކުރަނީ ފޭސް އެކެއްގައި ނުވަތަ 2 ގައި ތޯ ނިންމާނެ ކަމަށް ވަޒީރު ވިދާޅުވި.

މި އަހަރު ހުޅުމާލޭގައި އިތުރު ސްކޫލެއް އެޅުމަށް ފަށާނެކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރައްވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރައްވާ އައު ސްކޫލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އިއްޔެ ހަވީރު ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ވަޒީރު ވިދާޅުވީ، ހުޅުމާލޭގެ އާބާދީގެ ފޯކާސްޓެއް ހެދުމަށްފަހު އާ ސްކޫލު އިމާރާތްކުރަނީ ފޭސް އެކެއްގައި ނުވަތަ 2 ގައި ތޯ ނިންމާނެ ކަމަށެވެ. މިހާރު މިނިސްޓްރީއިން ދަނީ ސްކޫލު ގާއިމް ކުރާނެ ތަނެއް ނިންމުމަށް މަޝްވަރާތައް ކުރައްވަމުންނެވެ.

އިތުރު ސްކޫލެއް އެޅުމަށް ނިންމާފައިވަނީ، ހުޅުމާލޭގައި ދޫކުރަމުންދާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ނިސްބަތަށް ބެލުމަށްފަހު، އެ އާއިލާތަކުގައި ތިބޭނެކަމަށް ލަފާކުރެވޭ ކިޔަވާ ކުދިންގެ ނިސްބަތަށް ބެލުމަށްފަހުގައެވެ. ވަޒީރު ފާހަގަކުރެއްވިގޮތުގައި، މިނިސްޓްރީއަށް މިހާރު ލިބިފައިވާ ޑޭޓާތަކަށް ބަލާއިރު، ގިނަ ކުދިން ކިޔެވުމަށް އައުމަށް ހިޔާރުކުރާނީ ފޭސް 2 ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މިކަމަށް ގޮތެއް ނިންމޭނީ ދެތިން ހަފްތާގެ ފަހުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، މަޖިލިސް ހުޅުވި ދުވަހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ހިތާބުގައި ފާހަގަކުރައްވާފައިވާ އިންޑިއާގެ ކްރެޑިޓް ފެސިލިޓީތަކުގެ ސަބަބުން، މާލެ ސަރަހައްދަށް މަދުވެގެން 5 ސްކޫލު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ މާލެ ސަރަހައްދުގައި އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ތައުލީމީ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ބައެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%