ޒަކާތު ފަންޑުން މިދިޔަ މެއި މަހު ބޭސްފަރުވާއަށް 3.9 މިލިޔަން ރުފިޔާ ދޫކޮށްފި އެވެ.
ޒަކާތު ހައުސްއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މެއި މަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 116 މީހަކަށް 3،903،704.36ރ. ދޫކޮށްފައިވެ އެވެ.
މިދިޔަ މެއި މަހު އެންމެ ގިނައިން ޒަކާތު ފަންޑުން ބޭސްފަރުވާއަށް ހަރަދުކުރީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. ކެންސަރަށް ފަރުވާކުރުމަށް 619،264.57ރ. އެހީގެ ގޮތުގައި ދީފައިވެ އެވެ.
ޒަކާތު ފަންޑުން އެހެން ކަންކަމަށް ވެސް އެހީތެރިކަން ދެ އެވެ.
މިދިޔަ މެއި މަހު ފަގީރުންނާއި މިސްކީނުންގެ ބައިން ޟަރޫރީ އެހީގެ ގޮތުގައި 12،000 އަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އާމިލުންގެ ބައިން 2.7 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.