ދުންފަތުގެ ވިޔަފާރީގެ ހުއްދަ ނަގަން ހަނދާންކޮށްދީފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 2 ޖުލައި 2025 14:14
ދުންފަތަށް ނޫނެކޭ ބުނަމާ! ދުންފަތުގެ އިސްތިޢުމާލު ކުރުމުން އުމުރު ކުރުވޭ!
ދުންފަތަށް ނޫނެކޭ ބުނަމާ! ދުންފަތުގެ އިސްތިޢުމާލު ކުރުމުން އުމުރު ކުރުވޭ!
ޚުލާސާ

އެޗްޕީއޭއިން ބުނީ ދުންފަތުގެ ވިޔަފާރިކުރުމަށް ލައިސަންސް ނަގަން އެތަނުން ދީފައިވާ ތިން މަސްދުވަހުގެ މުއްދަތު ހަމަވާނީ މި މަހުގެ 17 ވަނަ ދުވަހަށް ކަމަށް.

ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިއަށް ނަގަން ޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހު ހަމަވާތީ, އެ ހުއްދަ ނަގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހަނދާންކޮށްދީފި އެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނީ ލައިސަންސް ނަގަން އެތަނުން ދީފައިވާ ތިން މަސްދުވަހުގެ މުއްދަތު ހަމަވާނީ މި މަހުގެ 17 ވަނަ ދުވަހަށް ކަމަށެވެ. އެހެންވެ, އެ ތާރީހުގެ ކުރިން ހުއްދަ ނަގަން ހަނދާންކޮށްދޭ ކަމަށް އެ އެޖެންސީން ބުންޏެވެ.

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަން ޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކަށް oneGov ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ދީފައި އޮތް ތާރީހަށް ފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުން މަނާވާނެ ކަމަށެވެ.

އެ ހުއްދަ އަށް އެދުމުގެ ފުރުސަތު އެޗްޕީއޭއިން ހުޅުވައިލީ މިދިޔަ އެޕްރީލް މަހު 17 ގަ އެވެ.

ސަރުކާރުން ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި ރީ-އެކްސްޕޯޓް ކުރުމަށާއި އަދި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގައި ބަޔާންކުރާ ގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަން ޖެހޭނެ އެވެ.

މި ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކުން ލިބޭ ގެއްލުމުން މުޖުތަމައު ރައްކާތެރިކުރުމަށް މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%