ރައީސްގެ ދެކަނބަލުން ސިންގަޕޫރުގެ ޓެކްނިކަލް އެޑިއުކޭޝަން އިންސްޓިޓިއުޓަކަށް ޒިޔާރަތްކުރައްވައިފި

އާނާ ފަހީމް | 112 ދުވަސް ކުރިން - 1 ޖުލައި 2025 23:37
ރައީސްގެ ދެކަނބަލުން އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަން (އައި.ޓީ.އީ) އަށް ޒިޔާރަތްކުރއްވުން/ ފޮޓޯ ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަން (އައި.ޓީ.އީ) އަށް ޒިޔާރަތްކުރއްވުން/ ފޮޓޯ ރައީސް އޮފީސް
ޚުލާސާ

ރައީސްއާއި މެޑަމް ސާޖިދާ ސިންގަޕޫރުގެ އައި.ޓީ.އީއަށް ޒިޔާރަތްކުރައްވައި ދެގައުމުގެ ދެމެދު ތަޢުލީމީ ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ޚާއްސަކޮށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކުރުމަށް އެއްބަސްވެަޝްވަރާކުރައްވައިފި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ މަޝްހޫރު އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަން (އައި.ޓީ.އީ) އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އައި.ޓީ.އީ. އަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް މަރުޙަބާ ދެންނެވީ އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އޮފިސަރ ޑރ. ގޮހް މޮންގް ސޮންގްއާއި އެތަނުގެ އިސްވެރިންނެވެ.

އައި.ޓީ.އީ.އަށް ޒިޔާރަތްކުރެއްވުމުން އެ އިންސްޓިޓިއުޓްގެ މަޢުލޫމާތު ރައީސް އާއި ހިއްސާކުރެވުނެވެ. މީގެ އިތުރުން، އިންސްޓިޓިއުޓްގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްސަ ޕްރެޒެންޓޭޝަން ފޮތެއް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރެއްވިއެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިންސްޓިޓިއުޓުގެ އެކި ތަންތަނަށް ވަޑައިގެން، ކިޔަވައިދޭ މާހައުލުތަކާއި ފެސިލިޓީތައް ގާތުން ބައްލަވާލައްވާފައެވެ.

އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަންގައި މައިގަނޑު ތިން ސްކޫލެއް ހިންގައެވެ. އެއީ ސްކޫލް އޮފް ޑިޒައިން އެންޑް މީޑިއާ، ސްކޫލް އޮފް ބިޒްނަސް އެންޑް ސަރވިސަސް އަދި ސްކޫލް އޮފް އިންޖިނިއަރިންނެވެ. ސްކޫލް އޮފް ޑިޒައިން އެންޑް މީޑިއާގައި ޑިޖިޓަލް އެނިމޭޝަން، ވީޑިއޯ ޕްރޮޑަކްޝަން، މީޑިއާ ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް މާކެޓިން ފަދަ މީޑިއާ އަދި ޑިޒައިންއާ ގުޅުންހުރި ގިނަ ކޯސްތައް ކުރިއަށްގެންދެއެވެ. ސްކޫލް އޮފް ބިޒްނަސް އެންޑް ސަރވިސަސްގައި ކޮމިއުނިޓީ ޑިވެލޮޕްމަންޓްއާއި އިވެންޓް މެނޭޖްމަންޓް ފަދަ ތަފާތު ކޯސްތައް ހިންގައެވެ. މީގެ އިތުރުން، ސްކޫލް އޮފް އިންޖިނިއަރިންގައި އެއަރކްރާފްޓް ޓެކްނީޝަނުން ތަމްރީން ކުރުން ފަދަ ޚާއްސަ ކޯސްތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައި.ޓީ.އީ.އަށް ޒިޔާރަތްކުރެއްވިއިރު، ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު ގުޅުން ބަދަހިކުރުމަށް އެކުލަވާލެވުނު އެއްބަސްވުންތަކުގެ ތެރޭގައި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެ އިންސްޓިޓިއުޓާއެކު އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް އައި.ޓީ.އީ. ގައި ތަމްރީނުވުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%