އިމިގްރޭޝަނަށް ހާޒިރުވާން އަންގައި ކޮލަމްބިއާ އަންހެނަކު ހޯދަނީ

އަހްމަދު އީޒާން | 45 ދުވަސް ކުރިން - 1 ޖުލައި 2025 13:24
އިމިގްރޭޝަނުން ހޯދަން އިއުލާންކުރި ކޮލަމްބިއާގެ އަންހެން މީހާ / ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން ހޯދަން އިއުލާންކުރި ކޮލަމްބިއާގެ އަންހެން މީހާ / ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ކޮލަމްބިއާ އަންހެނަކު ހޯދަނީ. އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމަކަށް އިމިގްރޭޝަނުން އަދި ނުބުނޭ.

މޯލްޑިވްސް އިމިގްރޭޝަނުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކޮލަމްބިއާގެ އަންހެނަކު, އެ އިދާރާއަށް ހާޒިރުވާން އަންގައި ފޮޓޯ މިއަދު އާންމުކޮށްފި އެވެ.

އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާއިން ހޯދަނީ އުމުރުން 35 އަހަރުގެ ލައުރާ މާސޭޑީސް ގުއެރާ އެސްކުއެދުރޯ ކިޔާ ކޮލަމްބިއާ އަންހެނެއް ކަމަށެވެ.

ނަމަވެސް އޭނާ ހޯދަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމަކަށް އަދި ނުބުނެ އެވެ.

އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ އިދާރާގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް ހެނދުނު 8:00 އާއި 2:00 އާ ދެމެދުގެ ވަގުތެއްގައި އޭނާއަށް ހާޒިރުވާން އަންގާ ކަމަށެވެ.

ވިސާއާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އިމިގްރޭޝަނަށް ހާޒިރުވާން ދޭތެރެއަކުން މިގޮތަށް އިއުލާންކުރެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%