ނިމިދިޔަ ސަރުކާރުން އަޅައިނުލައި ދޫކޮށްލި ތިލަމާލެ ބްރިޖް މުޢިއްޒު ސްޕީޑްގައި ނިންމާލަނީ

އަހްމަދު އީޒާން | 45 ދުވަސް ކުރިން - 1 ޖުލައި 2025 13:17
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ބްރިޖުގެ މަސައްކަތް ނިންމުން.

ނިމިދިޔަ ސަރުކާރުން އަޅައިނުލައި ދޫކޮށްލި މާލެ, ވިލިމާލެ, ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ހަދާ ތިލަމާލެ ބްރިޖު މަސައްކަތް “މުޢިއްޒު ސްޕީޑްގައި” ނިންމާލަނީއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ބްރިޖުގެ 60 ޕަސެންޓް ނިމިއްޖެ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބްރިޖުގެ ޕައިލިން ނުވަތަ ތަނބުތައް ޖެހުމުގެ މަސައްކަތް ކާމިޔާބުކަމާއެކުގައި މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އެއީ މުޅި ބްރިޖުގެ މަޝްރޫއަށް ބަލާއިރު ވެސް އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ނޭވާހޮޅިޔަށް އެޅިގެން ވެސް އެ ބްރިޖުގެ އެންމެ ތަނބެއް ވެސް ޖެހޭ ވަރެއް ނުވިއެވެ.

މުޢިއްޒުގެ ސްޕީޑްގައި މިސަރުކާރުން ވަނީ އެ ބްރިޖުގެ ޕައިލިންގެ ދަށުން އެއްގަމާއި ކަނޑުގައި ޖުމްލަ 263 ހޮޅި ފައްތާފައެވެ.

މުއްތަލިބް ވިދާޅުވީ އެ މަސައްކަތްތަކާ އެކު, މުޅި ބްރިޖް މަޝްރޫއު 60.84 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ބްރިޖުގެ މަސައްކަތް ނިންމުމެވެ.

ޖުމްލަ 6.7 ކިލޯމީޓަރުގެ މި ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގަމުން އަންނަ މަޝްރޫއެކެވެ. އަދި މި ވަގުތު ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%