ސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރީއްކޮޅުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ރޭ ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ސްޕެއިންގެ ރަސްގެފާނު ފިލީޕޭ ހަވަނަ އާއި ރާނީ ލެޓީޒިޔާ ދެއްވި ރަސްމީ ފަރީއްކޮޅުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ރެއާލް އަލްކަޒާ ޑި ސެވިއްޔާގައި ބޭއްވި އެ ފަރީއްކޮޅަކީ، ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ4)ގެ ބައިވެރިންގެ ޝަރަފުގައި ދެއްވި ފަރީއްކޮޅެކެވެ.

އެފްއެފްޑީ4 ގައި ބައިވެރިވަޑައިގެންނެވި ދައުލަތްތަކާއި ސަރުކާރުތަކުގެ އިސްވެރިންއެ ފަރީއްކޮޅުގައި ވަޑައިގަތެވެ.

މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެފްއެފްޑީ4 ގައި ބައިވެރިވަޑައިގަތުމަށް ނައިބު ރައީސް މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގަ އެވެ.