ރާއްޖޭގައި އުޅޭ ބިދޭސީންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެކުލަވާލި ބިދޭސީންގެ ސިއްހަތާއި ބެހޭ ގައުމީ ސިޔާސަތު ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.
ހ. މީރުމާ ހޯލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ހެލްތު މިނިސްޓްރީން ބުނީ ނޭޝަނަލް މައިގްރެންޓް ހެލްތް ޕޮލިސީ ނުވަތަ ބިދޭސީންގެ ސިއްހަތާއި ބެހޭ ގައުމީ ސިޔާސަތަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ މީހުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ފުރުސަތު ފަހިކުރުމަށް އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށެވެ.
އެ ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ބިދޭސީންގެ އަސާސީ ސިއްހީ ހައްގުތައް ހިމާޔަތްކޮށް ކަށަވަރުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސިޔާސަތު އަމާޒުކުރެވިފައިރެވިފައި ވަނީ މައިގަނޑު 5 ދާއިރާއަކަށެވެ. އެއީ;
• މުޅި ސަރުކާރާއި މުޅި މުޖުތަމައުގެ ނަޒަރިއްޔާތުތައް ބަދަލުކުރުން
• ބިދޭސީންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިދިނުން
• ސައްހައް މައުލޫމާތު އެއްކުރުމާއި ބޭނުންކުރުން
• ނާޒުކުކަން ކުޑަކުރުން
• ނިޒާމުތައް ގާއިމުކުރުން