ބަޔާން ކުއާޓަރ އަށް! ވާދަކުރަންޖެހޭނީ ޕީއެސްޖީއާ

އައިޝަތު ރުވާ ރިފްޢަތު | 5 ގަޑިއިރު ކުރިން - 30 ޖޫން 2025 13:39
ގޯލް ޖެހުމަށްފަހު ހެރީ ކޭން އުފާފާޅުކުރަނީ.
ގޯލް ޖެހުމަށްފަހު ހެރީ ކޭން އުފާފާޅުކުރަނީ.
ޚުލާސާ

ނޮކްއައުޓުގައި ބްރެޒިލްގެ ފްލެމެންގޯއާ ވާދަކޮށް ބަޔާން މޮޅުވީ 2-4 އިން. ކުއާޓަރ ފައިނަލްގައި ބަޔާންއާއި ޕީއެސްޖީ ވާދަކުރާ މެޗު އޮންނާނީ އަންނަ މަހު ފަސްވަނަ ދުވަހު.

ފީފާ ކުލަބް ވޯލްޑް ކަޕުގައި ބްރެޒިލްގެ ފްލެމެންގޯ 2-4 ގެ ނަތީޖާއިން ބަލިކޮށް ޖަރުމަނުގެ ގަދަބާރު ބަޔާން މިޔުނިކުން ކުއާޓަރ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އެމެރިކާގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަސޭހަކަމާއެކު ބަޔާން އިން ކާމިޔާބުކޮށްފައިވާއިރު ފުރަތަމަ ގޯލަކީ މެޗު ފަށައިގެން 6 ވަނަ މިނެޓުގައި ފްލެމެންގޯގެ މިޑްފީލްޑަރ އެރިކް ޕުލްގަރ އަތުން ބައިކޮޅަށް ވަދެފައިވާ ގޯލެކެވެ.

މި މެޗުގައި ހެރީ ކޭން ދެގޯލު ކާމިޔާބުކުރިއިރު ގޯޓްޒެކާ ވަނީ ގޯލެއް ޖަހައިދީފައެވެ. ފްލެމެންގޯގެ ގޯލްތައް ޖަހާފައިވަނީ ގާސަން ގެ އިތުރުން ލިބުނު ޕެނަލްޓީއެއްގައި ޖޯޖީނިއޯ އެވެ.

އަންނަ މަހު 5 ގައި ކުއާޓަރ ފައިނަލްގެ މެޗުތައް ކުޅޭއިރު ބަޔާންއާ ބައްދަލުކުރާނީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާއެވެ.

ނޮކްއައުޓުގައި މިރޭ 00:00 ގައި އިންޓަރ މިލާނާއި ބްރެޒިލްގެ ފްލުމިނޭސޭ ބައްދަލުކުރާ އިރު މެންޗެސްޓަރ ސިޓީއާއި އަލް ހިލާލް ބައްދަލުކުރާނެއެވެ. ނޮކްއައުޓުގެ ފަހު މެޗުގައި މާދަމާރޭ 00:00 ގައި ރިއަލް މެޑްރިޑާއި ޔުވެންޓަސް ބައްދަލުކުރާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%