ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބެޔާން މިއުނިކް، ޗެލްސީ އަދި ލިވަޕޫލް އިން ފަސޭހަކަމާއެކު ތަފާތު ބޮޑެތި ނަތީޖާތަކުން މޮޅުވެފައިވާއިރު ޔުވެންޓަސް އަތުން ރިއަލް މެޑްރިޑަށް ތިން ޕޮއިންޓް ލިބުނީ ކިރިޔާ އެވެ.
ޔުވެންޓަސް އަތުން މެޑްރިޑް މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ. މެޗުގައި ގޯލު ޖަހާނެ ފުރުސަތުތަކެއް މެޑްރިޑަށް ލިބުނު ނަމަވެސް ގޯލަށް ވައްދާލެވުނީ 57 ވަނަ މިނެޓުގައި ވިނީޝިއަސް ގޯލަށް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަޑީގައި ޖެހި އެތެރެ ވުމުން ބެލިންގްހަމް ފޮނުވާލި ހަމަލާއެއް ގޯލަށް ވައްދާލައިގެންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ކުޅުނު މެޑްރިޑުން ވަނީ ޖުމްލަ 10 ހަމަލާ ޔުވެންޓަސް ގެ ގޯލަށް ފޮނުވާލާފަ އެވެ. މުޅި މެޗުގައި މެޑްރިޑުގެ ގޯލަށް އަމާޒުވީ ހަތަރު ހަމަލާ އެވެ.
ބެލްޖިއަމްގެ ކުލަބް ބްރޫގާ އާ ވާދަކޮށް ބެޔާން މިއުނިކް މޮޅުވެފައިވަނީ 0-4 ގެ ނަތީޖާއިންނެވެ. އެ މެޗުގައި ގޯލުތައް ޖެހާފައިވަނީ ލެނާޓް ކާލް، ހެރީ ކޭން، އަދި ލުއިސް ޑިއާސްގެ އިތުރުން ނިކޮލަސް ޖެކްސަން އެވެ.
ޗެލްސީ އާއި އަޔަސްކް ބައްދަލުކުރި މެޗު ޗެލްސީ އިން 1-5 ގެ ނަތީޖާއިން މޮޅުވެފައިވާއިރު، މެޗުގެ ކުރީކޮޅުގައި އަޔަކްސްގެ ކެނެތް ޓެއިލާ އަށް ވަނީ ބުނަނޮޓޭ އަށް ކުރި ފައުލަކާ ގުޅިގެން ރަތްކާޑު ދައްކާފަ އެވެ. ރަތްކާޑު ދެއްކިތާ ތިން މިނެޓު ފަހުން މެޗުގެ 18 ވަނަ މިނެޓުގައި މާކް ގުއިއޫ ވަނީ އަޔަކްސްގެ ގޯލު ހުޅުވާލާފަ އެވެ. ދެން ގޯލުތައް ޖަހާފައިވަނީ ކައިސޭޑޯ، އެންޒޯ ފެނާންޑެސް، އެސްޓޭވޯ އަދި ޓްރިކޫ ޖިއޯޖް އެވެ. އެންޒޯ ފެނާންޑެސް އަދި އެސްޓޭވޯ ގޯލުތައް ޖަހާފައިވަނީ ޕްނަލްޓީ އިންނެވެ. އަޔަކްސްގެ ހަމައެކަނި ގޯލު 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހާފައިވަނީ ވޫޓް ވެގްހޯސްޓް އެވެ.
ފްރެންކްފާޓް އަތުން ރަށުން ބޭރުގައި ލިވަޕޫލް މޮޅުވެފައިވަނީ ފަހަތުން އަރައެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައި 26 ވަނަ މިނެޓުގައި ރަސްމުސް ކްރިސްޓެންސެން ވަނީ ފްރެންކްފާޓް އަށް ލީޑު ހޯދައިފަ އެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގެ ފަހުން ލިވަޕޫލުން ވަނީ ގޯލުތައް ޖަހަން ފަށާފަ އެވެ. ލިވަޕޫލަށް ގޯލުތައް ޖަހާފައިވަނީ އެކިޓިކޭ، ވެން ޑައިކް، ކޮނާޓޭ، ގަކްޕޯ އަދި ސޮބޮޒްލައި އެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ އެހެން މެޗުތަކުގެ ނަތީޖާތަކަކީ؛
- މޮނާކޯ 0-0 ޓޮޓެންހަމް
- އެޓަލާންޓާ 0-0 ސްލާވިއާ ޕްރަގޫ
- ސްޕޯޓިންގް 2-1 މާސޭ
ޗެމްޕިއަންސް ލީގުގެ ތާވަލަށް ބަލާއިރު ހުރިހާ މެޗަކުން މޮޅުވެ ނުވަ ޕޮއިންޓު ހޯދާފައިވާ ފަސް ޓީމެއް އެބައޮތެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އުޅެނީ؛
- ޕީއެސްޖީ
- ބެޔާން މިއުނިކް
- އިންޓަ މިލާން
- އާސެނަލް
- ރިއަލް މެޑްރިޑް
- ޑޯޓްމަންޑް - (7 ޕޮއިންޓް)
- މެންޗެސްޓަރ ސިޓީ (7 ޕޮއިންޓް)
- ނިއުކާސަލް (6 ޕޮއިންޓް)






