ޤަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

އައިޝަތު ރުވާ ރިފްޢަތު | 7 ގަޑިއިރު ކުރިން - 29 ޖޫން 2025 14:34
ޤަތަރު އަދި ދިވެހިރާއްޖޭގެ ދިދަ.
ޤަތަރު އަދި ދިވެހިރާއްޖޭގެ ދިދަ.
ޚުލާސާ

މި އެމްބަސީ އުފެއްދެވީ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން.

ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ދިވެހިރާއްޖޭގެ އެމްބަސީއެއް ދިވެހިރާއްޖޭގައި އުފެއްދެވީ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. ރައީސް އޮފީހުން ބުނީ ޤަތަރުގެ އެމްބަސީއެއް ރާއްޖޭގައި އުފެއްދެވީ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ދެޤައުމުގެ ދެމެދުގައި ތަޢުލީމީ، ސިޔާސީ، އިޤުތިޞާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްޓަކައެވެ.

މި އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންވެސް ބަޔާންކުރައްވާފައިވާއިރު ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 502 އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%