Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޚުލާސާ ޕޯލް: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާނީ ރައީސް ނަޝީދު

ޚުލާސާ ޕޯލް: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާނީ ރައީސް ނަޝީދު

އައިޝަތު ރުވާ ރިފްޢަތު
390 ދުވަސް ކުރިން - 2 ޖުލައި 2025 00:54
ޕޯލްގައި ވާދަކުރި ކެންޑިޑޭޓިން: (ކ-ވ) - ޑރ. ޝަމްހީދު، ރައީސް ސޯލިހު، ރައީސް ނަޝީދު، ފައްޔާޒް އިސްމާއީލް. / ޚުލާސާ
ޕޯލްގައި ވާދަކުރި ކެންޑިޑޭޓިން: (ކ-ވ) - ޑރ. ޝަމްހީދު، ރައީސް ސޯލިހު، ރައީސް ނަޝީދު، ފައްޔާޒް އިސްމާއީލް. / ޚުލާސާ
ޚުލާސާ

އެއް ހަފްތާ ވަންދެން ކުރިޔަށް ގެންދިޔަ މި ޕޯލަށް 1300 މީހުން ވޯޓު ލާފައިވާއިރު، ވޯޓުގައި ބައިވެރިވި 68 އިންސައްތަ ބޭފުޅުން އިހްތިޔާރުކުރީ ރައީސް ނަޝީދު.

މިދިޔަ ހޯމަ ދުވަހު އާންމުނަށް ހުޅުވާލައިގެން ޚުލާސާ އިން ފޭސްބުކްގައި ކުރިޔަށް ގެންދިޔަ ޕޯލް ބޮޑު ތަފާތަކުން ރައީސް ނަޝީދު ކާމިޔާބުކޮށްފި އެވެ.

މި ޕޯލަކީ އެމްޑީޕީގެ ރިިޔާސީ ޕްރައިމަރީއަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް އޮތީ ކޮން ބޭފުޅަކަށްތޯ ބެލުމަށް ޚުލާސާ އިން އާންމުކޮށް ހުޅުވާލި ޕޯލެކެވެ. މި ޕޯލުގެ ސުންގަޑި މިއަދު ހަމަވެފައިވާއިރު 1300 އަށްވުރެ ގިނަ ބޭފުޅުން މި ޕޯލްގައި ބައިވެރިވެފައިވެއެވެ. މި ޕޯލްގައި ވޯޓު ލުމަށް ބޭނުންކޮށްފައިވަނީ ފޭސްބުކްގެ ރިއެކްޝަންސްތަކެވެ.

މި ޕޯލުގެ ނަތީޖާއަށް ބަލާއިރު ރައީސް ނަޝީދު، ޕޯލް ކާމިޔާބުކޮށްފައިވަނީ ޖުމްލަ 884 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 68 އިންސައްތައެވެ. ދެވަނަ ހޯއްދެވީ ރައީސް އިބްރާހީމް ސޯލިހެވެ. އެމަނިކުފާނަށް 237 މީހުން ވޯޓުލިއިރު އެއީ ޖުމްލަ ވޯޓުގެ 18 އިންސައްތައެވެ. ތިން ވަނައިގައި ފައްޔާޒު އިސްމާއީލް އޮތީ 7 ޕަސެންޓް ހޯއްދަވައިގެންނެވެ. އެއީ 94 ވޯޓެވެ. ޕޯލްގެ އެންމެ ފުލުގައި އޮތް ޑރ. އަޙްމަދު ޝަމްހީދަށް ލިބިވަޑައިގެންނެވީ 4 ޕަސެންޓެވެ. އެއީ 56 ވޯޓެވެ. އެއްވެސް ކެންޑިޑޭޓެއް އިހްތިޔާރު ކުރަން ބޭނުން ނުވާ މީހުން އެހެން ރިއެކްޝަންތައް ބޭނުންކޮށްފައިވާއިރު އެއީ ވޯޓުގެ 3 އިންސައްތައެވެ.

Advertisement

Advertisement 1

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދުމަށް އެ ޕާޓީގެ ގިނަ ލީޑަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ހިޔާލު ތަފާތުވެ އެ ޕާޓީ ތެރޭގައި ވަނީ ވަރަށް ބޮޑަށް ބައިބައިކަން އުފެދިފައެވެ. އެމްޑީޕީ ޗެއާޕަރސަން ފައްޔާޒުގެ ދައުވަތަކަށް ރައީސް ނަޝީދު އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމުން އިބްރާޙިިމް ސޯލިހުގެ ފެކްޝަނުން ދަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް ނަޝީދާއި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ވިދާޅުވަމުންނެވެ.

ރައީސް މުޙައްމަދު ނަޝީދުފައްޔާޒް އިސްމާޢީލްއެމްޑީޕީމެމްބަރު ޑރ. އަހްމަދު ޝަމްހީދުރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

4 ދުވަސް ކުރިން - 13:19

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

21 ދުވަސް ކުރިން - 23:29

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

39 ދުވަސް ކުރިން - 09:19

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

40 ދުވަސް ކުރިން - 10:24