ސީޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 29 ޖޫން 2025 11:06
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި  ސޭޝެލްސްގެ ގެ ރައީސް ވަވެލް ރަމްކަލަވާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސޭޝެލްސްގެ ގެ ރައީސް ވަވެލް ރަމްކަލަވާން
ޚުލާސާ

ސޭޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބާގައިސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި ހެޔޮއެދުންތައް ރައީސް ފޮނުއްވައިފި.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ވަވެލް ރަމްކަލަވާނަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފޮނުއްވައިފައެވެ.

ސޭޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޭޝެލްސްގެ މިނިވަން ދުވަހު އެ ޤައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި އެއްބައިވަންތަކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިނިވަން ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އެގައުމުގެ ރައީސާއި ސަރުކާރަށާއި، ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމަށްވެސް ފައިދާވާނެ ދާއިރާތަކާއި ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށް، ދޭދޭ ގުޅުން ވަރުގަދަކުރުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީންކަން ދެއްވާފައެވެ.

ސީޝެލްސް އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންވީ 1977 ވަނަ އަހަރުއެވެ. މިއަދަކީ އެ ޤައުމުން ފާހަގަކުރާ 48 ވަނަ މިނިވަން ދުވަހެވެ. ސޭޝެލްސްގެ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، އެ ޤައުމުގެ ޤައުމީ ދުވަސްވެސް ފާހަގަކުރަނީ ހަމަ އެއް ދުވަހެއްގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%