Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުން 21 ޕަސެންޓް ދަށްކޮށްފި

އަހްމަދު އީޒާން
482 ދުވަސް ކުރިން - 29 ޖޫން 2025 08:15
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ ނަން ބޯޑުތައް / ފޮޓޯ: ޚުލާސާ
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ ނަން ބޯޑުތައް / ފޮޓޯ: ޚުލާސާ
ޚުލާސާ

ދައުލަތުގެ އޮފީސްތައް ހިންގުމަށް ދާ ރިކަރަންޓް ހަރަދުން 8.6 ޕަސެންޓް ދަށްކޮށްފައިވޭ.

ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުން 21 ޕަސެންޓް ދަށްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުގައި، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 21 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. އަދި ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް 1.4 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރާފައިވެ އެވެ.

މި މަހުގެ 19 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 16.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާއި އަޅައިބަލާއިރު، 21 ޕަސެންޓް ދަށް އަދަދެކެވެ. ދައުލަތުގެ ރިކަރަންޓް ހަރަދު 3.4 ޕަސެންޓަށް ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 70.1 ޕަސެންޓް ދަށްވެފަ އެވެ.

Advertisement

Advertisement 1

ރިކަރަންޓް ހަރަދުގެ 58.7 ޕަސެންޓް ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 8.6 ޕަސެންޓް ދަށް ޢަދަދެކެވެ.

އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދުން 70 ޕަސެންޓް ދަށްވެފައިވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދުން ވަނީ 20.7 ޕަސެންޓް ދަށްވެފަ އެވެ. ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރާ ހޭދަ ވެސް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު، 15.3 ޕަސެންޓް ދަށްވެފަ އެވެ.

ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އާއި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ، މިދިޔަ އަހަރާ އަޅައިބަލާއިރު 3.6 ޕަސެންޓް ދަށްކޮށްފައިވެ އެވެ.

އެ ހަރަދުތައް ދަށްކުރެވިފައި ވިޔަސް، އާސަންދައަށް ހިނގާ ހަރަދު 1.4 ޕަސެންޓް އިތުރުވެ، މެޑިކަލް ވެލްފެއާގެ ހަރަދުތައް 35.2 ޕަސެންޓް ދަށްވެފަ އެވެ.

ހިދުމަތް ދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު ވަނީ އިތުރުވެފަ އެވެ.

ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 169.5 ޕަސެންޓް އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދު 45.6 ޕަސެންޓް އިތުރުވެފަ އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކޮށް ބަޖެޓަށް ލުއިކުރުމަށް ސަރުކާރުން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

ފިނޭންސްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިގްތިސޯދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އުފެއްދުންތެރިކަމުގެ މަޢުރަޒުގެ "މާކެޓް ޕްލޭސް"ގައި 130 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއްޖެ

އުފެއްދުންތެރިކަމުގެ މަޢުރަޒުގެ "މާކެޓް ޕްލޭސް"ގައި 130 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއްޖެ

6 ދުވަސް ކުރިން - 11:32

އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބައި ހުޅުވާލާފަވަނީ ހަމައެކަނި ދިވެހިންނަށް

އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބައި ހުޅުވާލާފަވަނީ ހަމައެކަނި ދިވެހިންނަށް

7 ދުވަސް ކުރިން - 12:13

ދައުލަތުގެ އާމްދަނީ 31.5 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ

10 ދުވަސް ކުރިން - 13:35

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައިވާ ބޭރުގެ ވިޔަފާރިތަކުގެ ހަގީގީ މިލްކުވެރިކަން ކަށަވަރުކުރަނީ

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައިވާ ބޭރުގެ ވިޔަފާރިތަކުގެ ހަގީގީ މިލްކުވެރިކަން ކަށަވަރުކުރަނީ

14 ދުވަސް ކުރިން - 19:33

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މޫޑީސް އިން 'ސީއޭއޭ1' އަށް މަތިކޮށްފި

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މޫޑީސް އިން 'ސީއޭއޭ1' އަށް މަތިކޮށްފި

16 ދުވަސް ކުރިން - 15:47

ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

17 ދުވަސް ކުރިން - 14:02