ފީފާ ކުލަބް ވޯލްޑް ކަޕުގެ ނޮކްއައުޓުގައި ބޮޓަފޮގޯ އާއި ޕަލްމެއިރާސް ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން ޕަލްމެއިރާސް އިން ކާމިޔާބުކޮށްފި އެވެ.
ބްރެޒިލްގެ މި ދެޓީމު ބައްދަލުކުރި މެޗުގައި ޖުމްލަ 26 ފައުލް ފެނިފައިވާއިރު، 11 ރީދޫ ކާޑާއި 1 ރަތް ކާޑު ދައްކާފައިވެއެވެ. މެޗުގައި ފެނުނު ހަމައެކަނި ގޯލަކީ މެޗުގެ 90 މިނެޓު ހަމަވެ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ޕައުލީނިއޯ ކާމިޔާބުކުރި ގޯލެވެ.
މިއީ ޕަލްމެއިރާސް އިން މި މުބާރާތް ކުޅޭ 3 ވަނަ ފަހަރެވެ. 2020 ވަނަ އަހަރު ޤަތަރުގައި ބޭއްވި މުބާރާތާއި 2021 ވަނަ އަހަރު ޔޫއޭއީ ގައި މުބާރާތުގައި އެ ކުލަބު ވަނީ އެ ސެމީ ފައިނަލާއި ހަމައަށް ދަތުރުކޮށްފައެވެ.
އަންނަ މަހު 5 ގައި ކުއާޓަރ ފައިނަލުގައި ޕަލްމެއިރާސް ބައްދަލުކުރާނީ މިރޭ ދަންވަރު 01:00 ގައި ފަށައި ބެނެފީކާ އަދި ޗެލްސީ ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކާއި ދެކޮޅަށެވެ.