Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި އިންޝުއަރެންސް ކުރުން މަޖުބޫރުކޮށްފި

އަހްމަދު އީޒާން
503 ދުވަސް ކުރިން - 28 ޖޫން 2025 13:00
ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓުތައް / ފޮޓޯ: އެފްޑީސީ

ޚުލާސާ

މިނިސްޓްރީން ބުނީ މި ބަދަލުތަކަކީ، އިމާރާތްކުރުމުގެ ސިނާއަތުގައި ހިނގާ ހާދިސާތަކުން ލިބިދާނެ ގެއްލުންތަކަށް ބަދަލު ދިނުމުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް.

އިމާރާތްކުރުމުގެ މަސައްކަތުގައި އިންޝުއަރަންސް ކުރުން މަޖުބޫރުކޮށް، އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ހައުސިން މިނިސްޓްރީން މި މަހު ގެޒެޓްކުރި އެ އިސްހާލުގައި ވަނީ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި އިންޝުއަރަންސް ކަވަރޭޖް ހޯދުން މަޖުބޫރުކޮށް، ޕްރޮޖެކްޓް ލައިސަންސް ދޫކުރުމުގައި އިންޝުއަރަންސްގެ ލިޔެކިޔުންތައް ހުށަހެޅުން ލާޒިމުކޮށްފަ އެވެ.

މި ބަދަލުތަކަކީ، އިމާރާތްކުރުމުގެ ސިނާއަތުގައި ހިނގާ ހާދިސާތަކުން ލިބިދާނެ ގެއްލުންތަކަށް ބަދަލު ދިނުމުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

މި އިސްލާހުގެ ސަބަބުން، އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ވަށައިގެންވާ މާހައުލާއި މަސައްކަތު މީހުންނާއި އިމާރާތްތަކާއި ބިނާތަކާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި މީހުންގެ މުދަލާއި އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށްޓަކައި ކޮންމެ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭ ގޮތަށް އިންޝުއަރެންސް ކަވަރޭޖެއް ހޯދުން މިހާރު ވަނީ މަޖުބޫރީ ކަމަކަށް ވެފަ އެވެ.

މިނިސްޓްރީން ބުނީ މިއީ އިމާރާތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށާއި އާންމުންނަށް ލިބިދާނެ ނުރައްކާތައް ކުޑަކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ގަވާއިދަށް ގެނައި އިސްހާލުގައި ބުނީ އިންޝުއަރަންސް ކުރިކަމުގެ ލިޔުން، ޕްރޮޖެކްޓް ލައިސަންސް ހޯދުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމަނަން ޖެހޭނެ ކަމަށެވެ.

މީގެ ސަބަބުން، އިންޝުއަރަންސް ނެގުމުގެ ގަވާއިދު ހަރުދަނާވެ، ކޮންމެ އިމާރާތެއް ހެދުމުގެ މަސައްކަތަށް ވެސް ހުއްދަ ލިބުމުގެ ކުރިން އިންޝުއަރެންސް ކޮށްފައިވާކަން ކަށަވަރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބޯހިޔާވަހިކަންމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ %40 ރަސްމާލެއިން އެކަނި ލިބޭނެ"

3 ދުވަސް ކުރިން - 14:19

"މާލެ ސިޓީގައި މިވަގުތު 3,260 ހައުސިން ޔުނިޓެއްގެ މަސައްކަތް ދަނީ ކުރިއަށް"

7 ދުވަސް ކުރިން - 15:45

ރަސްމާލެއިން ދޫކުރާ ބިމުގެ އަގަކީ 24 ބިލިއަން ޑޮލަރެއް ނޫން: މުއްތަލިބް

11 ދުވަސް ކުރިން - 13:33

11 ރަށެއްގެ މަގު ތަރައްގީކުރުމަށް 912 މިލިއަން ރުފިޔާގެ އެއްބަސްވުމެއް

15 ދުވަސް ކުރިން - 17:15

ގެދޮރުގެ ކުލި އަގުހެޔޮކުރަން ސްޕެއިން ސަރުކާރުން ހުށަހެޅި ބިލު ފާހެއް ނުވި

39 ދުވަސް ކުރިން - 14:34

އިމާރާތްކުރުމުގެ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ބައި އޮކްޓޯބަރު މަހު

43 ދުވަސް ކުރިން - 18:33