Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހައުސިން ބިލު ފާސްވުމުން ފްލެޓްތަކަށް ކުލި ނުދައްކާ މައްސަލަ ހައްލު ކުރެވޭނެ: މުއްތަލިބް

ހައުސިން ބިލު ފާސްވުމުން ފްލެޓްތަކަށް ކުލި ނުދައްކާ މައްސަލަ ހައްލު ކުރެވޭނެ: މުއްތަލިބް

އަހްމަދު އީޒާން
382 ދުވަސް ކުރިން - 28 ޖޫން 2025 13:08
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް / ފޮޓޯ: ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް / ފޮޓޯ: ހައުސިން މިނިސްޓްރީ
ޚުލާސާ

މުއްތަލިބް ވިދާޅުވީ ކުލި ނުދައްކާ މީހުންނާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ދަތިވި ނަމަވެސް، ގެދޮރުވެރިކަމާ ބެހޭ ބިލާއެކު، އެކަން ހައްލު ކުރެވޭނެ ކަމަށް.

ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ބިލު ފާސްވުމުން، ސަރުކާރުގެ ސޯޝަލް ހައުސިންގެ ފްލެޓްތަކަށް ކުލި ނުދައްކާ މައްސަލާގައި ފިޔަވަޅު އަޅަން ފަސޭހަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި މުއްތަލިބް ވިދާޅުވީ ކުލި ނުދައްކާ މައްސަލައިގެ ސަބަބުން ދައުލަތަށް އާމްދަނީއެއް ނުލިބުމަށް ވުރެ، އެކަމުގައި މައްސަލަ ކުރިމަތި ވަނީ އިތުރަށް ހައުސިން މަޝްރޫއުތައް ހިންގުމަށާއި އެހެނިހެން މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިން ހޯދުމަށް ކަމަށެވެ.

ސަރުކާރުން މަޝްރޫއުތައް ހިންގަން ނަގާ ލޯނުތައް ގަވާއިދުން ދައްކަމުން ނުދާ ނަމަ، އިތުރު މަޝްރޫއުތަކަށް ލޯނު ހޯދަން ދަތިވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.

Advertisement

Advertisement 1

"ކުލި ނުދެއްކުމަކީ ދައުލަތަށް އާމްދަނީ ލިބުމުގެ ހުރަހަކަށް ވުރެ އެއީ އެއަށް ވުރެ މާ ބޮޑު މައްސަލައެއް. ބޭންކުން މަޝްރޫއުތަކަށް ފައިނޭންސް ލިބެނީ ފީސިބަލް ވީމަ. ބޭންކަށް އިނގޭ، ނަގާފައި ހުންނަ ލޯނުތައް ގަވައިދުން ފައިސާ ދައްކާ ނަމަ. އެހެންވީމަ، ގަވާއިދުން ފައިސާ ނުދެއްކުމަކީ، ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތައް ހިންގަން އެޅޭ ހުރަހެއް. ބޯހިޔާވަހިކަން ބޭނުންވާ އެހެން ރައްޔިތުންގެ ހައްގަށް އެޅޭ ހުރަހެއް،" މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގެދޮރުވެރިކަމާ ބެހޭ ބިލާއެކު އެ މަސައްލައަށް ލުއިފަސޭހަ ހައްލެއް ހޯދޭނެ ކަމަށެވެ.

ސަރުކާރުން މިހާރު ދޫކޮށްފައިވާ ޔުނިޓްތައް ދޫކޮށްފައި ހުންނަނީ ސޭލް ޕާޗޭސް އެގްރިމަންޓު އުސޫލުން ކަމަށް ވުމާއެކު، ދައުލަތުން ކޯޓު މަރުހާލާއަށް ނުގޮސް ފްލެޓްތައް ސަރުކާރަށް ނަގަން ނުވަތަ ފިޔަވަޅު އެޅުމަށް ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ކުލި ނުދައްކާ މީހުންނާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ދަތިވި ނަމަވެސް، ގެދޮރުވެރިކަމާ ބެހޭ ބިލާއެކު، އެކަން ހައްލު ކުރެވޭނެ ކަމަށެވެ.

"މިހާރު ދޫކުރަން އުޅޭ 4،000 ފްލެޓް އެގްރިމަންޓް ކުރާނީ 25 އަހަރުގެ މުއްދަތުގެ ކުލި ދެއްކީމަ އެތަން ރަޖިސްޓްރިކޮށްދެވޭ ގޮތަށް. ކުއްޔަށް ދޭ ތަނެއްގެ ގޮތަށް އޮތީމަ، ކުލި ނުދައްކާ ނަމަ ފިޔަވަޅު އަޅަން ފަސޭހަވޭ،" އޭނާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަންމިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްފްލެޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

2 ދުވަސް ކުރިން - 14:14

ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ؛ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

16 ދުވަސް ކުރިން - 12:43

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

16 ދުވަސް ކުރިން - 12:43

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

17 ދުވަސް ކުރިން - 14:56

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

25 ދުވަސް ކުރިން - 09:20

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

32 ދުވަސް ކުރިން - 14:50