ރާއްޖެ-ލަންކާ ޑިއުޓީ ފްރީ ޒޯންގެ ވާހަކަ އަކީ ދޮގެއް: މިނިސްޓަރު ސައީދު

އާނާ ފަހީމް | 6 ގަޑިއިރު ކުރިން - 27 ޖޫން 2025 21:05
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު/ ފޮޓޯ: ރައީސް އޮފީސް
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މީޑިއާތަކުގައި ފަތުރަމުންދާ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރަން އުޅޭ ވާހަކަތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު ދޮގުކުރައްވައިފި.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރަން އުޅޭ ވާހަކަތައް ދިވެހި ސަރުކާރުން ރަސްމީކޮށް ދޮގުކުރައްވައިފިއެވެ.

ސަރުކާރުން މި ވާހަކަތައް ދޮގުކުރައްވާފައި މިވަނީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރައްވަން އުޅޭކަމަށް ބުނެ ބައެއް މީޑިއާތަކުން ދޮގު ހަބަރުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމް ކުރަން ދިވެހި ސަރުކާރުން މަސައްކަތްކުރާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. އަދި އެއީ މިހާތަނަށް ސަރުކާރުގެ ފަރާތުން ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާ ކަމެއްވެސް ނޫންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ލަންކާގެ ބައެއް މީޑިއާތަކާއި ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަމަހުގެ ފަހުކޮޅު ލަންކާގެ ރައީސް އަނޫރާކުމާރަ ޑިސަނަޔަކަ ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާ ދެމެދު ތަފާތު އެކި ދާއިރާތަކުން އެއްބަސްވުންތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިހާތަނަށް ދިވެހި ސަރުކާރުން މިކަމާބެހޭގޮތުން ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%