އެމްއޭސީއެލުން އެއިމްގެ ސެޓްފިކެޓު ތިނެއް ތައާރަފުކޮށްފި

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 27 ޖޫން 2025 17:11
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުން / ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުން / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މިއީ އެއާޕޯޓުގެ ސެކިއުރިޓީ މުވައްޒަފުން ތަމްރީނުކުރުމަށް ފެށި ކޯހެއް.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެތަނުގެ ސެކިއުރިޓީ މުވައްޒަފުން ތަމްރީނުކުރުމަށް އެއިމްގެ ސެޓްފިކެޓު ތިނެއް ތައާރަފުކޮށްފި އެވެ. 

އެމްއޭސީއެލުން އޭވިއޭޝަން އިންސްޓިޓިއުޓް މޯލްޑިވްސް (އެއިމް)ގެ އެއާޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް ސެޓްފިކެޓް ތިނެއް ރަސްމީކޮށް އިފްތިތާހުކުރީ އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭ.ސީއެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް)ގެ ޓީމުން ކުރަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި އެކަމަށްޓަކާ އެ ޓީމަށް ޝުކުރާއި މަރުހަބާ ދަންނަވާ ކަމަށެވެ.

އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަ ބޮޑުތަނުން ހައްލުކުރެވުނީ އެ ޓީމުގެ ބުރަ މަސައްކަތުން ކަމަށާއި މީގެ ސަބަބުން މުޅި އެއާޕޯޓަށް ފަސޭހަތަކެއް ލިބިފައިވާ ކަަމަށް ޝަރީފް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވަނީ އެމްކިއުއޭގެ އެޕްރޫވަލް ސެޓްފިކެޓް، އެއިމްގެ ފަރާތުން ޝަރީފަށް އަރުވައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%