Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފިފާ ކުލަބް ވޯލްޑް ކަޕުގެ ދެވަނަ ބުރު - ގަޔާވާ މެޗެއް ކުޅޭނެތަ؟

ފިފާ ކުލަބް ވޯލްޑް ކަޕުގެ ދެވަނަ ބުރު - ގަޔާވާ މެޗެއް ކުޅޭނެތަ؟

އައިޝަތު ރުވާ ރިފްޢަތު
393 ދުވަސް ކުރިން - 27 ޖޫން 2025 18:09
ފީފާ ކުލަބް ވޯލްޑް ކަޕުގެ ޓްރޮފީ.
ފީފާ ކުލަބް ވޯލްޑް ކަޕުގެ ޓްރޮފީ.
ޚުލާސާ

އެ ޤައުމަކަށް ނިސްބަތްވާ އެންމެ ގިނަ ކުލަބުތައް މި ފަހަރުގެ ދެވަނަ ބުރުން ފެންނާނީ ބްރެޒިލް. ބްރެޒިލްގެ 4 ކުލަބެއް ކުޅޭނެ.

ދުނިޔޭގެ 6 ކޮންފަޑަރޭޝަނަކުން ހޮވާލެވޭ 32 ޓީމުގެ މައްޗަށް ކުޅޭ ފީފާ ކުލަބް ވޯލްޑު ކަޕުގެ ދެވަނަ ބުރުގެ މެޗުތައް މާދަމާ ރޭ ފަށާނެއެވެ.

ކުލަބް ވޯލްޑު ކަޕަށް ކޮލިފައިވާ ޓީމުތައް ހޮވާލުމުގައި ފީފާއިން ގެންގުޅޭ އުސޫލަކީ ޔޫރަޕުން ހޮވާލެވޭ 12 ޓީމަކާއި ސައުތު އެމެރިކަން ފުޓްބޯލް ކޮންފަޑަރޭޝަނުން ހޮވާލެވޭ 6 ޓީމަކާއި އޭއެފްސީން 4 ޓީމަކާއި ކޮންފަޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލްއިން 4 ޓީމަކާއި ކޮންފަޑަރޭޝަން އޮފް ނޯތް، ސެންޓްރަލް އެމެރިކާ އެންޑް ކެރީބިއަން އެސޯސިއޭޝަނުން 4 ޓީމަކާއި އޯޝޭނިއާ ފުޓްބޯލް ކޮންފަޑަރޭޝަނުން 1 ޓީމު އަދި މުބާރާތް ހޯސްޓު ކުރާ ގައުމުން 1 ޓީމެވެ. މިފަހަރުގެ މުބާރާތް ހޯސްޓު ކުރާ ގައުމަކީ އެމެރިކާއެވެ.

މުބާރާތުގެ ދެވަނަ ބުރު މާދަމާ ރޭ ފަށާއިރު ފުރަތަމަ ކުޅެނީ ބްރެޒިލްގެ ދެ ޓީމު ކަމަށްވާ ޕަލްމެއިރާސްއާއި ބޮޓަފޯގޯ އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގައެވެ. ބްރެޒިލްގެ ލީގުގައި ޕަލްމެއިރާ މިވަގުތު އޮތީ ހަތަރު ވަނައިގައެވެ. އަދި ބޮޓަފޮގޯ އޮތީ 8 ވަނައިގައެވެ.

Advertisement

Advertisement 1

ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 01:00 ގައި ބެނެފީކާ އަދި ޗެލްސީ ކުޅޭނެއެވެ. މިއީ ޔޫރަޕުގައި މަޝްހޫރު ދެ ކުލަބު ކަމަށް ވުމުން ފޯރި ގަދަ މެޗަކަށް ވާނެއެވެ. ޕޯޗުގަލް ލީގުގައި ބެނެފިކާ ދެވަނައިގައި މި ސީޒަން ނިންމާލިއިރު ޕްރިމިއަރ ލީގުގައި ޗެލްސީ ނިންމާލީ ހަތަރު ވަނައިގައެވެ.

އާދިއްތަ ދުވަހުގެރޭ 21:00 ގައި ޕީއެސްޖީ އަދި އެމެރިކާގެ އިންޓަރ މިއާމީ ބައްދަލުކުރާނެ އެވެ. ދުނިޔޭގައި އެންމެ ގިނަ ސަޕޯޓަރުން ތިބޭ އެއް ކުޅުންތެރިޔާ ކަމަށްވާ ލިއޮނެލް މެސީ ކުޅޭ މި މެޗަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެއެވެ. އަނެއް ކޮޅުން ނިކުންނާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނެވެ. ޕީއެސްޖީ ވެފައިވަނީ މި ސީޒަނުގެ އެންމެ ކާމިޔާބު ކުލަބަށެވެ. ފްރާންސް ލީގުގެ ޗެމްޕިއަން ކަމާއި އޭގެ އިތުރުން ވެސް ޑޮމެސްޓިކް ދެ ތަށި ޕީއެސްޖީ ވަނީ އުފުލާލާފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ކުލަބް ވޯލްޑު ކަޕުގެ ފޭވަރިޓުންނަކީ ވެސް އެ ކުލަބެވެ. އިންޓަރ މިއާމީ މިވަގުތު އޮތީ އެމެރިކާ ލީގުގެ 10 ވަނައިގައެވެ. ލީގު ނިމެން ބާކީ ފުދޭވަރަކަށް މެޗު އަދި އެބައޮތެވެ. މިދިޔަ ހަފްތާގައި 38 އަހަރު ފުރުނު ލިއޮނެލް މެސީ އަދިވެސް ދައްކަނީ އާދައިގެ ކުޅުމެއް ނޫނެވެ. މި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ 16 ގޯލު ކާމިޔާބުކޮށްފައެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު ބަޔާން މިއުނިކާއި ބްރެޒިލްގެ ފްލެމެންގޯ ކުޅޭއިރު މިއީ އެ ދެ ކުލަބު ނިސްބަތްވާ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަނުންނެވެ. ބްރެޒިލްގެ ސީޒަން އަދި ނުނިމޭއިރު މިވަގުތު ފްލެމެންގޯ އޮތީ ތާވަލުގެ އެއްވަނައިގައެވެ.

އިންޓަރ މިލާން އަދި ފްލުމިނޭސޭ ކުޅޭ މެޗު އޮންނާނީ ހޯމަ ދުވަހުގެރޭ 00:00 ގައެވެ. އިންޓަރ މިލާނަކީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ރަނަރ އަޕެވެ. އަދި އިޓަލީ ލީގު އެ ކުލަބު ނިންމާލީ ދެވަނައިގައި އޮވެގެންނެވެ. ފްލުމިނޭސޭ މިވަގުތު އޮތީ ބްރެޒިލް ލީގުގެ 6 ވަނައިގައެވެ.

އަންގާރަ ދުވަހު ހެދުނު ރާއްޖެ ގަޑިން 06 ޖަހާއިރު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ސައޫދީގެ އަލް-ހިލާލް ނިކުންނާނެއެވެ. މިފަހަރު ލީގުގައި އަދި ޗެމްޕިއަންސް ލީގުގައި ދަށް ކުޅުމެއް ފެނިގެންދިޔަ ސިޓީ މިހާރު ދަނީ ކުޅުން ރަނގަޅުކޮށް ފޯމަކަށް އެޅެމުންނެވެ. ޕްރިމިއަރ ލީގުގެ ތާވަލުގެ ތިން ވަނައިގައި ސިޓީ މިފަހަރުގެ ލީގު ނިންމާލީ ޗެމްޕިއަން ލިވަޕޫލާއި 13 ޕޮއިންޓުގެ ފަރަގެއް އޮވެގެންނެވެ. އަދި ޗެމްޕިއަންސް ލީގު ނޮކް އައުޓް ޕްލޭ އޮފް ގައި ރިއަލް މެޑްރިޑް އަތުން ބަލިވެ ސިޓީ ވަނީ ސީޒަނުގެ ކުރީ ކޮޅުގައި އެ ލީގުން އަލްވަދާއު ކިޔާފައެވެ. ސައޫދީ ލީގުގައި އަލް ހިލާލް ނިންމާލީ ދެވަނައިގައި އޮވެގެންނެވެ. މިފަހަރު އެ ޓީމަށް ވެސް ކާމިޔާބުކުރެވުނީ އެންމެ ތައްޓެކެވެ. އެއީ ސައޫދީ ސުޕަރ ކަޕެވެ. ސުޕަރ ކަޕުގެ ފައިނަލުގައި އެ ޓީމު ކުޅުނީ ރޮނާލްޑޯގެ އަލް-ނަސްރާއި ދެކޮޅަށެވެ.

ދެވަނަ ބުރުގެ ފަހު މެޗުގައި އަންގާރަ ދުވަހުގެރޭ 00:00 ގައި ރިއަލް މެޑްރިޑާއި ޔުވެންޓަސް ބައްދަލުކުރާނެ އެވެ. މާ ބޮޑު ކާމިޔާބީއެއް މި ދެ ޓީމަށް މި ސީޒަނުގައި ލިބިފައި ނެތަސް މިއީ ކާމިޔާބު ދެ ކުލަބެވެ. ރިއަލް މެޑްރިޑަށް މި ސީޒަނުގައި ލިބުނީ ދެ ތައްޓެވެ. އެއީ ޔޫއެފާ ސުޕަރ ކަޕާއި ފީފާ އިންޓަރ ކޮންޓިނެންޓަލް ކަޕެވެ. ޔުވެންޓަސް އަށް މި ސީޒަނުގައި އެއްވެސް ޓްރޮފީއެއް ލިބުފައިނުވާއިރު އިޓަލީ ލީގު އެ ކުލަބުން ނިންމާލީ ހަތަރު ވަނައިގައި އޮވެގެންނެވެ.

ގަދަ 16 ނުވަތަ ދެވަނަ ބުރު މާދަމާ ރޭ ފަށާއިރު އެންމެ ގިނަ ކުލަބު ނިސްބަތްވަނީ ބްރެޒިލް އަށެވެ. ބްރެޒިލްގެ ގެ 4 ކުލަބު ކުޅޭ އިރު ޖަރުމަން، އިންގްލެންޑު އަދި އިޓަލީ؛ މިއިން ކޮންމެ ޤައުމެއްގެ ދެ ކުލަބު ކުޅޭނެއެވެ. ސްޕެއިން، ފްރާންސް، ޕޯޗުގަލް، މެކްސިކޯ، ސައޫދީ އަދި އެމެރިކާ މިއިން ކޮންމެ ޤައުމަކަށް ނިސްބަތްވާ އެއް ކުލަބު ކުޅޭނެއެވެ.

މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ކުލަބަކީ ޗެމްޕިއަންސް ލީގުގެ ވެސް ރެކޯޑު އޮތް ރިއަލް މެޑްރިޑެވެ. މެޑްރިޑުން 5 ފަހަރު މި މުބާރާތް ނަގާފައިވާއިރު ވާދަވެރި ބާސެލޯނާ ވަނީ 3 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ. ބްރެޒިލްގެ ކޮރިންތިއަންސް އަދި ބަޔާން މިޔުނިކުން ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވެއެވެ.

ފީފާ ކުލަބް ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަދަ ކަނޑުގައި ވިއްސާރައަށް ބެލުމެއްނެތި ދަތުރުކުރުމުން ޕީއެސްޖީ “ޣަރަޤުވެއްޖެ”

ގަދަކަނޑުގައި ވިއްސާރައަށް ބެލުމެއްނެތި ދަތުރުކުރުމުން ޕީއެސްޖީ “ޣަރަޤުވެއްޖެ”

377 ދުވަސް ކުރިން - 10:23

ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށް ދައުވާކުރާ ރިއަލް މެޑްރިޑް ވޯލްޑް ކަޕުން ބޭރުކޮށްލައިފި

ރިއަލް ބަލިކޮށް ޕީއެސްޖީން ފައިނަލަށް

381 ދުވަސް ކުރިން - 02:10

ދެ ރަތްކާޑާ އެކުވެސް ޕީއެސްޖީ މައިތިރި ނުވި

ދެ ރަތްކާޑާ އެކުވެސް ޕީއެސްޖީ މައިތިރި ނުވި

385 ދުވަސް ކުރިން - 23:21

ފްލުމިނެންސޭ އަދި ޗެލްސީ ކުލަބް ވޯލްޑް ކަޕުގެ ސެމީ އަށް

ފްލުމިނެންސޭ އަދި ޗެލްސީ ސެމީ އަށް

386 ދުވަސް ކުރިން - 13:50

ހޮނިހިރުދުވަހުގެރޭ ކުއާޓާ ފައިނަލުގައި ރިއަލް މެޑްރިޑާއި ޑޯޓްމަންޑް

ހޮނިހިރުދުވަހުގެރޭ ކުއާޓާ ފައިނަލުގައި ރިއަލް މެޑްރިޑާއި ޑޯޓްމަންޑް

389 ދުވަސް ކުރިން - 14:09

ޔުވެންޓަސް ބަލިކޮށް ރިއަލް މެޑްރިޑް ކުލަބް ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލަށް

ޔުވެންޓަސް ބަލިކޮށް ރިއަލް މެޑްރިޑް ކުއާޓަރ އަށް

389 ދުވަސް ކުރިން - 01:58