Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޮރަންޓް އޮފިސަރ ޢަލީ ޙާމިދުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

ވޮރަންޓް އޮފިސަރ ޢަލީ ޙާމިދުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

ހުސައިން އިސްމާއިލް
440 ދުވަސް ކުރިން - 26 ޖޫން 2025 08:50
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ސަންދޯއް، ސިފައިންގެ ސަންދޯއްވެރިންގެ ކޮނޑުމަތީގައި. / ފޮޓޯ: އެމް.އެން.ޑީ.އެފް.
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ސަންދޯއް، ސިފައިންގެ ސަންދޯއްވެރިންގެ ކޮނޑުމަތީގައި. / ފޮޓޯ: އެމް.އެން.ޑީ.އެފް.
ޚުލާސާ

އެމް.އެން.ޑީ.އެފްގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ، ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައި ބާއްވައިފި.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް އިއްޔެ ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި ނިޔާވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ، ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައި ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ. ޤައުމީ ޚިދުމަތުގައި، ސިފައިންގެ ޑިއުޓީއެއްގައި ހުންނަވަނިކޮށް ނިޔާވި ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިންގެ އިތުރުން ޢާންމުން ވެސް ބައިވެރިވެލެއްވިއެވެ.

ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ މޫނު ދެއްކުން ކުރިއަށް ދިޔަ ވަގުތު، ސިފައިން ވަނީ ސަންދޯއް ކައިރީ ގާޑް މައުންޓްކޮށްފައެވެ. މަސްޖިދުއް ޒައިދު ބިން ޘާބިތުގައި ކުރެވުނު ކަށުނަމާދަށް ފަހު، ސަންދޯއް އުފުލާފައިވަނީ ސިފައިންގެ ސަންދޯއްވެރިންގެ ކޮނޑުމަތީގައެވެ. އަދި، ސަންދޯއް ވަޅުލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޢާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

Advertisement

Advertisement 1

ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ޙާމިދުގެ ޢާއިލާއާއި ޙަވާލުކުރަނީ. / ފޮޓޯ: އެމް.އެން.ޑީ.އެފް.

މި ޖަނާޒާގައި ސިފައިން ވަނީ ހަތްބަޑީގެ ސަލާމާއި، ރަސްމީ ކުރުނީސް ވެސް އަރުވާފައެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވެފައިވާ ގޮތުގައި، ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާގައި ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު (ސނ: 3433)، މި ދުނިޔެއާ ވަކިވެދިއުމަކީ ދިވެހި ސިފައިންނަށް ލިބުނު ވަރަށް ފުން ހިތާމައެކެވެ. ތ. ހިރިލަންދޫއަށް އުފަން ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1998 އެޕްރީލު 21 ވަނަ ދުވަހުއެވެ. ސިފައިންގެ ޚިދުމަތުގައި ޝަރަފުވެރިކަމާއެކު 27 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައިވާ ޢަލީ ޙާމިދަށް އަސްކަރީ ޚިދުމަތުގައި ވަނީ، ފަސް މެޑެއްޔާއި، ހަތަރު ޝަރަފުގެ ކުލަ ލިބިލައްވާފައެވެ. އެގޮތުން ލިބިލައްވާފައިވާ ކުލަޔާއި މެޑެލިތަކުގެ ތެރޭގައި، 17ވަނަ ސާކްސަމިޓް މެޑެލި، އިންސާނީ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، މިނިވަން ފަންސާހުގެ މެޑެލި، އަޚްލާގީ ކުލަ ތިންވަނަ ފަހަރަށް، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ އަދި ކާމިޔާބުގެ ކުލަ ހިމެނެއެވެ.

ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފުރިހަމަ ކުރައްވާފައިވާ އަސްކަރީ ތަމްރީނުތަކުގެ ތެރޭގައި ބަންގްލަދޭޝްގައި ފުރިހަމަކުރެއްވި އެންބީސީޑީ ކޯހާއި، އިންސްޓްރަކްޝަނަލް ޓެކްނީކްސް ކޯހާއި، 11ވަނަ ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގގެ އިތުރުން، ކޯސްޓްގާޑް ބޭސިކް ޓްރޭނިންގ އަދި ބޭސިކް ފަޔަރ ފައިޓިންގ ކޯސް ހިމެނެއެވެ.

ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވުމުގެ ހިތާމައިގައި، ރޭ 00:00 އިން މިރޭ 00:00 އަށް ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމަވާފައެވެ.

އެމްއެންޑީއެފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

3 ދުވަސް ކުރިން - 13:15

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް އެމްއެންޑީއެފުން ފަޔަރ ސޭފްޓީ ކުލާހެއް ނަގައިދީފި

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް ފަޔަރ ސޭފްޓީ ކުލާހެއް

18 ދުވަސް ކުރިން - 15:51

"ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ހާދިސާ: ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

23 ދުވަސް ކުރިން - 10:07

ގ.ކްރެބް ޓްރީ ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

24 ދުވަސް ކުރިން - 13:21

އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހަކަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފި

ރޯވި ޢެޕާޓުމެންޓުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފި

24 ދުވަސް ކުރިން - 10:23

ހެންވޭރު ފަހިވައި ގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި

ފަހިވައި ގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި

25 ދުވަސް ކުރިން - 21:41