އީރާނަށް ދިނީ ހީރޯޝީމާއަށް ނިއުކްލިއާ ބޮމެއް އެޅުންކަހަލަ ހަމަލާއެއް، އެހިސާބުން ހަނގުރާމަ ނިމިއްޖެ - ޓްރަމްޕް

ޖަވާދު | 7 ގަޑިއިރު ކުރިން - 26 ޖޫން 2025 08:00
ޖޫން 25 ވަނަ ދުވަހު ނެދަލެންޑްސްގެ ހޭގްގައި ބޭއްވި ނޭޓޯ ސަމިޓެއްގައި ނޯތު އެޓްލާންޓިކް ކައުންސިލް (އެންއޭސީ)ގެ ބައްދަލުވުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރޮއިޓާސް)
ޖޫން 25 ވަނަ ދުވަހު ނެދަލެންޑްސްގެ ހޭގްގައި ބޭއްވި ނޭޓޯ ސަމިޓެއްގައި ނޯތު އެޓްލާންޓިކް ކައުންސިލް (އެންއޭސީ)ގެ ބައްދަލުވުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރޮއިޓާސް)
ޚުލާސާ

އީރާނަށް ދިން ހަމަލާތައް ހިރޯޝީމާ ހަމަލާއާ އެއްވަރުކޮށް، "އެ ހަމަލާއާއެކު ހަނގުރާމަ ނިމުނީ" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާއިން އީރާނަށް ދިނީ ހީރޯޝީމާއަށް ނިއުކްލިއާ ބޮމެއް އެޅުންކަހަލަ ހަމަލާއެއް ކަމަށާއި، އެ ހަމަލާގެ ސަބަބުން ހަނގުރާމަ ނިމިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އީރާނަށް އެމެރިކާ-އިސްރާއީލް ގުޅިގެން ދިން ހަމަލާތަކާއި ގުޅުވައި ނޭޓޯގެ ސަމިޓުގައި ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ދިން އަސްކަރީ ހަމަލާތައް 1945 ވަނަ އަހަރު ހިރޯޝީމާއަށް ދިން ނިއުކްލިއާ ހަމަލާއާ އެއްވަރުކުރައްވައި، ދުނިޔެ ސިއްސުވާލައިފައެވެ.

އިއްޔެ އޮތް ސަމިޓުގައި ވާހަކަދައްކަވަމުން، ޓްރަމްޕް ވަނީ އެމެރިކާއިން އީރާނުގެ ނިއުކްލިއަ ހަކަތަ އުފައްދާ ކާރުޚާނާތަކަށް ދިން ހަމަލާތަކަކީ "ހައިރާންކުރުވަނިވި ކާމިޔާބެއް" ކަމަށް ސިފަކުރައްވައި، އެ ހަމަލާތައް ނާކާމިޔާބު ކަމަށް ބުނެ އައި ފާޑުކިޔުންތައް ދޮގުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ "އެމެރިކާގެ ޙަމަލާއަށްފަހު އީރާނުގެ ސައެންސްވެރިން އެ ބިންގަރާސްތަކުގެ އަޑީގައިވާ ނިއުކްލިއާ ސައިޓުތަކަށް ދިޔައިރު އެތަންތަން ހަލާކުވެފައިވާ ކަމަށް ބުނި ކަމަށެވެ. މިއީ އީރާނުގެ މުހިންމު ނިއުކްލިއަރ ސައިޓެއް މުޅިން ނައްތާލެވިފައިވާ ކަމެއް ކަމަށާއި އީރާނުން ބިރުން ހަނގުރާމަ ނިންމާލީ އެ ހިސާބުން އެމީހުންނަށް މަޖުބޫރުވެގެން ކަމަށް. ޓްރަމްޕް ސިފަކުރެއްވިއެވެ. އަދި އެންމެފަހުން އީރާނަށް ޙަމަލާ ދިނީ އިސްރާއީލުން ކަމަށާއި، އިސްރާއީލުގެ ޙަމަލާތަކަށްފަހު އީރާނުން ރައްދުގައި އިތުރު ޙަމަލާއެއް އިސްރާއީލަށް ދިނުމަށް ޖެހިލުންވެ ހަނގުރާމަ ނިންމައިލީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިއީ އީރާނާއެކު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް އައިސްފައިވާ ކަމުގެ ހެކިކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ވާހަކަތަކަށް ނޭޓޯގެ ލީޑަރުން ވަރަށް ބޮޑަށް ތާއީދު ކުރާކަން ފާހަގަވިއެވެ. ގިނަ ބަޔަކު ވަނީ އޭނާއަކީ "ސުލްހައިގެ މީހެއް" ކަމަށް ސިފަކޮށް ތައުރީފުކޮށްފައެވެ.

ޓްރަމްޕްގެ ވާހަކަތައް ހިރޯޝީމާއާ އަޅާކިޔައިލިއރު، ހީރޯޝީމާއަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން 6 އޮގަސްޓް 1945ގައި ނިއުކްލިއާ ބޮން އެޅި ޖަޕާނުގެ ސަރަޙައްދެކެވެ. އެ ބޮން އެޅުމާއެކު ހީރޯޝީމާގެ 70 އިންސައްތަ ޢިމާރާތްތައް ފުނޑުފުނޑުވެ އަނދައިގެން ދިޔައެވެ. އަދި ގަޑިއެއްގެއިރުތެރޭގައި 80،000 މީހުން މަރުވިއިރު، އެ އަހަރު ނިމުނުއިރު އެ ބޮމުގެ ރޭޑިއޭޝަނުގެ އަސަރު ކޮށްގެން 140،0000 މީހުން މަރުވިއެވެ. އެއާއެކު ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް އައެވެ.

ޓްރަމްޕް ވަނީ އީރާނަށް އެމެރިކާއިން ދިން ޙަމަލާ ހީރޯޝީމާގެ ޙަމަލާއާއި އެއްވަރު ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އީރާނުން ބުނާ ގޮތުގައި އެމެރިކާއިން ދިން ޙަމަލާގެ ސަބަބުން އަރައިނުގަނެވޭވަރުގެ ގެއްލުމެއް އެމީހުންނަކަށް ނުލިބެއެވެ. އަދި އީރާން އޮތީ އެމެރިކާއާއި އިސްރާއީލަށް ވެސް ވަރަށް ވަރުގަދަ ރައްދުތަކެއް ދިނުމަށް ތައްޔާރަށް ކަމަށާއި މެދުއިރުމަތީގައިވާ އެމެރިކާގެ ހުރިހާ ބޭސްތަކެއް ފަނާކޮށް އަދި އިސްރާއީލުގެ ވަސް ވެސް މުޅީން ފޮހެލަން ތައްޔާރަށް ކަމަށް އީރާނުން ބުނެއެވެ.

އީރާނު-އިސްރާއީލް ހަނގުރާމަ ހުއްޓާލީ އީރާނުން ޤަޠަރަށް ޙަމަލާ ދިނުމާއި ގުޅިގެން، ހަނގުރާމަ ހުއްޓާލުމަށް ޤަޠަރުން ނެގި އިސްނެގުމާއެކުގައިކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%