Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލުން: ނިޔާވީ ސިފައިންގެ ވޮރަންޓް އޮފިސަރ އަލީ ހާމިދު

ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލުން: ނިޔާވީ ސިފައިންގެ ވޮރަންޓް އޮފިސަރ އަލީ ހާމިދު

ހުސައިން އިސްމާއިލް
350 ދުވަސް ކުރިން - 25 ޖޫން 2025 14:31
ސިފައިންގެ ވިޔަފާރި ކުންފުނި، ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ޅ. ކާށިދޫ ކަނޑުތެރެއަށް ބަންޑުން ޖަހާލާފައި. / ފޮޓޯ: އެމްއެންޑީއެފް.
ސިފައިންގެ ވިޔަފާރި ކުންފުނި، ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ޅ. ކާށިދޫ ކަނޑުތެރެއަށް ބަންޑުން ޖަހާލާފައި. / ފޮޓޯ: އެމްއެންޑީއެފް.
ޚުލާސާ

ބަންޑުން ޖަހާލި ސިވެކްގެ "އެލްސީ 308" ނަމްބަރު ލޭންޑިންގ ކްރާފްޓުގައި ޖުމްލަ ފަސް މީހުން ދަތުރުކުރި. ނިޔާވީ ސިފައިންގެ ވޮރަންޓް އޮފިސަރ އަލީ ހާމިދު.

ސިފައިންގެ ވިޔަފާރި ކުންފުނި، ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ޅ. ކާށިދޫ ކަނޑުތެރެއަށް ބަންޑުން ޖަހާލި ހާދިސާގައި، އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ 2، އަލީ ހާމިދު ނިޔާވެއްޖެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު، މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށެވެ.

ބަންޑުން ޖަހާލި ސިވެކްގެ "އެލްސީ 308" ނަމްބަރު ލޭންޑިންގ ކްރާފްޓުގައި ޖުމްލަ ފަސް މީހުން ދަތުރުކުރި ކަމަށް ވެއެވެ. އެއީ ތިން ސިފައިންނާއި ދެ ބިދޭސީންނެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްއިން ވަނީ ކަނޑުމަގުންނާއި ވައިގެމަގުންވެސް އެ އުޅަނދު ހޯދައި، ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.

Advertisement

Advertisement 1

ހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު ކަމަށްވާ ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ހޯދާފައެވެ. އަލީ ހާމިދު ފެނިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް، އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

މިހާރުވެސް މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.

މަރުއެމްއެންޑީއެފް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

5 ދުވަސް ކުރިން - 18:46

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

7 ދުވަސް ކުރިން - 15:33

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

11 ދުވަސް ކުރިން - 17:51

މއ. ނަމީބިއާ ގޭގައި ހަރަކާތްތެރިވީ ތެއްޔެއް ދުން އަރައިގެން: އެމްއެންޑީއެފް

މއ. ނަމީބިއާ ގޭގައި ހަރަކާތްތެރިވީ ތެއްޔެއް ދުން އަރައިގެން: އެމްއެންޑީއެފް

12 ދުވަސް ކުރިން - 14:13

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

13 ދުވަސް ކުރިން - 15:43