ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެ

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 25 ޖޫން 2025 13:52
ކުއްލި ޚަބަރު: ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެ
ކުއްލި ޚަބަރު: ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެ
ޚުލާސާ

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވެފައިވާ ވަނީ އިތުރު ފަރުވާއަށް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ދިވެއްސަކު.

ކާށިދޫ ކަނޑުތެރެއަށް ސިވެކް ކުންފުނީގެ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެ ހާދިސާގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، މި ހާދިސާގައި އިތުރު ފަރުވާއަށް އެ ހޮސްޕިޓަލަށް ގެންދިޔަ ދިވެއްސަކު ނިޔާވެފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް ގެނެވުނު މީހުންގެ ތެރެއިން ޖުމްލަ ފަސް މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެއެވެ. މި ފަސް މީހުންގެ ތެރޭގައި ތިން ދިވެހިންނާއި ދެ ބިދޭސީން ހިމެނެއެވެ. ނިޔާވި މީހާ ހިމެނޭ ގޮތަށް ގެނެވުނު މީހުންގެ ތެރެއިން މިހާރު ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން މިހާރުވެސް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލި ވަގުތު އޭގައި ތިބީ ކިތައް މީހުންކަން އަދި ސާފެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%