ކުލަބް ވޯލްޑް ކަޕް: ބަޔާން އަދި ބެނެފީކާ ގަދަ 16 އަށް

އައިޝަތު ރުވާ ރިފްޢަތު | 53 ދުވަސް ކުރިން - 24 ޖޫން 2025 02:57
މެޗުން މޮޅުވުމަށްފަހު ބެނެފީކާ އުފާފާޅުކުރަނީ.
މެޗުން މޮޅުވުމަށްފަހު ބެނެފީކާ އުފާފާޅުކުރަނީ.
ޚުލާސާ

ގްރޫޕް ސީ ގައި ބަޔާން އަދި ބެނެފީކާ މިރޭ ކުޅުނުއިރު އެ މެޗު ނިމުނީ ބެނެފީކާ މޮޅުވެގެން.

ފީފާ ކުލަބް ވޯލްޑު ކަޕުގެ ގްރޫޕް ސީ ގެ ގަދަ 16 ގެ ޖާގަތައް ބަޔާން މިއުނިކް އަދި ބެނެފީކާ އިން ކަށަވަރުކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ގްރޫޕު ސީ ގެ މެޗުތަކަށް ބަލާއިރު ބަޔާން އަތުން ބެނެފީކާ 0-1 ގެ ނަތީޖާއިން މޮޅުވެފައިވާއިރު، އޯކްލޭންޑު އަދި ބޮކަރ ޖޫނިޔާސް މެޗު ނިމުނީ 1-1 ޖެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ބެނެފީކާގެ މި މޮޅާއެކު އެ ޓީމު މިވަނީ ގްރޫޕް ސީ ގެ އެއްވަނަ ލިބިފައެވެ. މި މެޗުގައި ފެނުނު ހަމައެކަނި ގޯލު ކާމިޔާބުކުރީ ނޯވޭ އަށް އުފަން އަންދަރޭސް ޝޭދަރަޕް އެވެ. އޯކްލޭންޑް އަދި ބޮކަރ ޖޫނިޔާސް ބައްދަލުކުރި މެޗުގައި ކޮންމެ ބަޔެއް މޮޅުވިކަމުގައި ވިޔަސް އެތަނުން ޓީމެއް ގަދަ 16 އަށް ނުދާނެއެވެ.

ބެނެފީކާއަށް 7 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ބަޔާން އަށް ލިބުނީ 6 ޕޮއިންޓެވެ. ބޮކަރ ޖޫނިޔާސް ތިން ވަނައިގައި 2 ޕޮއިންޓާއެކު އޮތް އިރު ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ނަމަވެސް ބައިކޮޅަށް ވަތް ގިނަ ގޯލުތަކެއްގެ ސަބަބުން އޯކްލޭންޑު އޮތީ ހަތަރު ވަނައިގައެވެ.

ގަދަ 16 ގައި މި ބަޔާން އަދި ބެނެފީކާ އާއި ބައްދަލުކުރާނެ ޓީމުތައް އިނގޭނީ މާދަން ރާއްޖެ ގަޑިން ހެދުނު 6 ޖަހާއިރު ކުޅޭ ގްރޫޕް ޑީ ގެ މެޗުތަކަށް ފަހުގައެވެ. އެ މެޗުތަކުގައި ބައްދަލުކުރާނީ ޗެލްސީ އާއި އެސްޕަރެންސް އަދި ފްލެމެންގޯ އާއި ލޮސް އެންޖަލަސް އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%