Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އޭޝިއާގެ ޕާލަމެންޓޭރިއަނުންގެ ބައްދަލުވުން އިފްތިތާހުކޮށްފި

އޭޝިއާގެ ޕާލަމެންޓޭރިއަނުންގެ ބައްދަލުވުން އިފްތިތާހުކޮށްފި

އަހްމަދު އީޒާން
385 ދުވަސް ކުރިން - 24 ޖޫން 2025 23:09
އޭޝިއާގެ ޕާލަމެންޓޭރިއަނުންގެ ބައްދަލުވުން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އޭޝިއާގެ ޕާލަމެންޓޭރިއަނުންގެ ބައްދަލުވުން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

އޭޝިއާގެ ޕާލަމެންޓޭރިއަނުންގެ ޖަލްސާ އިފްތިތާހުކޮށްދެއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް.

އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީ އާއި ތަރައްގީއާ ބެހޭ ފޯރަމްގެ ޒުވާނުން ބިނާކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމުގެ ޖަލްސާ ރާއްޖޭގައި މިއަދު އިފްތިތާހުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އެ ޖަލްސާ އިފްތިތާހުކޮށްދެއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި އަންހެނުން ބާރުވެރިކޮށް، ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުމާބެހޭ މައުޟޫއަށް ރާއްޖޭގައި ބާއްވާ ދެ ދުވަހުގެ އެ ބައްދަލުވުން އިފްތިތާހުކޮށްދެއްވައި، ނާޒިމް ވިދާޅުވީ އާބާދީއަށް އަންނަ ހަލުވި ބަދަލުތަކާ ކުރިމަތިލުމަށާއި އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށްޓަކާ ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

Advertisement

Advertisement 1

ނާޒިމް ވަނީ 2014 ވަނަ އަހަރުގެ ބޯހިމެނުމާ ހަވާލާދެއްވަމުން ރާއްޖޭގެ އާބާދީ ތަރައްގީވަމުން އަންނަ ގޮތުގެ ތަސައްވަރެއް ހުށަހަޅުއްވައިދެއްވައިފަ އެވެ.

ރާއްޖޭގެ އާބާދީ، 2054 ވަނަ އަހަރުގެ ނިޔަލަށް އެއް މިލިއަނާ ގާތްކުރާނެ ކަމަށް ލަފާކުރެވޭއިރު، އާބާދީގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނީ މާލެ ސަރަހައްދުގަ އެވެ. އަދި، އާބާދީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހަރުދަނާ ސިއްހީ ފަރުވާ އާއި ނަފްސާނީ ސިއްހަތަށް ސަމާލުކަންދިނުމާއި، މިންތީގެ ހަމަހަމަކަމާ ގުޅޭ ސިޔާސަތުތަކެއް އެކަށައެޅުން މުހިންމު ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ރާއްޖޭގެ އިންސާނީ ރައުސްމާލަށް ރާއްޖޭގެ ތަރައްގީ ދެމެހެއްޓޭނެ. އެކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިންސާނީ ރައުސުމާލަށް އިންވެސްޓްކުރަން ޖެހޭ. ޒުވާނުން، ވަކިން ހާއްސަކޮށް ޒުވާން އަންހެނުންނަށް ތައުލީމާއި ހުނަރާއި ލީޑާޝިޕްގެ ދައުރު ފަހިކޮށްދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މުޖުތަމައުގެ ދުޅަހެޔޮ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ "ހެޕިނެސް މޯލްޑިވްސް ޕްރޮގްރާމް"ގެ ދަށުން ގައުމީ ހެޕިނެސް އިންޑެކްސްއެއް ކަނޑައެޅުމަކީ މި ސަރުކާރުން އިޖުތިމާއީ ދުޅަހެޔޮކަން ބައްޓަންކުރުމަށް އިސްކަންދޭ ކަމުގެ ހެއްކެއް ކަމަށެވެ.

މަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

45 ދުވަސް ކުރިން - 14:31

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

46 ދުވަސް ކުރިން - 18:38

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި

48 ދުވަސް ކުރިން - 22:30

ނާޘިމް ވަކިކުރާ ޤަރާރަށް ޢަމަލު ކުރަން ނިންމައިފި

ނާޘިމް ވަކިކުރާ ޤަރާރަށް ޢަމަލު ކުރަން ނިންމައިފި

62 ދުވަސް ކުރިން - 12:54

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް

ނާޒިމް ވަކިކުރުމުގެ މައްސަލަ މާދަމާ މަޖިލިސް ޖަލްސާއަށް

63 ދުވަސް ކުރިން - 16:39

ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައިފި

ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައިފި

63 ދުވަސް ކުރިން - 11:01