ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރަނީ, މަހަކު 6,000ރ. ދޭނެ!

އަހްމަދު އީޒާން | 11 ގަޑިއިރު ކުރިން - 24 ޖޫން 2025 17:09
އެންމެފަހުން ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު, ހާފިޒަކަށް ސެޓްފިކެޓް ހަވާލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
އެންމެފަހުން ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު, ހާފިޒަކަށް ސެޓްފިކެޓް ހަވާލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހާފިޒުންނަށް އެލަވަންސްގެ ގޮތުގައި މިހާރު ދެނީ މަހަކު 2,000ރ. އެ އަދަދު ދެގުނަ ބޮޑުކުރުމުން މަހަކު ދެން 6,000ރ. ދޭނެ.

ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ނިންމައިފި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވައުދުވެފައިވާ ފަދައިން ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހު އެކަކުން ފެށިގެން ދެ ގުނަ އަށް ބޮޑުކުރުމަށް މި ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ ކަމަށެވެ.

"ހާފިޒުން ތަމްރީނުކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް," ރައީސް ވިދާޅުވި އެވެ.

ހާފިޒުންނަށް އެލަވަންސްގެ ގޮތުގައި މިހާރު ދެނީ މަހަކު 2,000ރ. އެވެ. އެ އަދަދު ދެގުނަ ބޮޑުކުރުމުން މަހަކު ދެން 6,000ރ. ދޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%