ހުސްވި ހަފްތާގައި އީރާނުން ފޮނުވައިލި މިސައިލް ޙަމަލާއެއް އިސްރާއީލުގެ ހޮސްޕިޓަލަކަށް އަމާޒުވިއެވެ. އެއާއި އެކު، އެއީ ބައިނަލް އަޤްވާމީ އުޞޫލުތަކާއި ޚިލާފުވުން ކަމަށް އިސްރާއީލުން ބުންޏެވެ. އަދި އީރާނުގެ ޢަމަލުތައް މުޅި ދުނިޔެއިން ކުށްވެރިކުރަން އިސްރާއީލުން ގޮވައިލިއެވެ. އީރާނުން އިސްރާއީލް ހޮސްޕިޓަލަކަށް ހަމަލާ ދިންއިރު އެއީ ބައިނަލްއަޤްވާމީ އުޞޫލުތަކާއި ޚިލާފު ކަމެއް ކަމަށް އިސްރާއީލުން ބުނާއިރު ޔަހޫދީން ފަލަޞްތީނުގެ ހޮސްޕިޓަލްތަކަށް މަތިންނާއި ތިރިން ޙަމަލާދީ ބިމާއި ހަމަކޮށް އެތަންތަނުގައި ތިބި ބަލިމީހުންގެ ގައިގައި އަލިފާން ޖައްސައި ރޯކޮށް ޝަހީދުކޮށްލިއިރު އެއީ ބައިނަލްއަޤްވާމީ އުޞޫލު ހެއްޔެވެ؟
ތިރީގައި މިވަނީ ޓެރަރިސްޓް އިޒްރޭލުން ހަލާކުކޮށްލި ފަލަސްޠީނުގެ ޣައްޒާގެ ހޮސްޕިޓަލް ތަކެވެ. ހަމައެކަނި މިހުރިހާ ހޮސްޕިޓަލް ތަކެއް ހަލާކު ކޮށްލީއެއް ނޫނެވެ، އެތައް ޑޮކްޓަރުންނާއި ނަރުހުންނަކާއި ޞިއްޙީ ޚިދުމަތްތެރިން ޝަހީދު ކޮށް ބައެއް ޑޮކްޓަރުން ހައްޔަރު ވެސް ކުރީއެވެ. އެހެން ނަމަވެސް އިޒްރޭލުގެ އަޝްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއް އިޒްރޭލުގެ ސިފައިންގެ ހޮސްޕިޓަލަކަށް އެރުމާއި ގުޅިގެން ހޮސްޕިޓަލް ތަކަށް ހަމަލާ ދީ އާއްމުންނާއި ކުޑަކުދިންނާއި އަންހެނުންނާއި ބަލި މީހުންނަށް ހަމަލާ ދިންކަމަށް ބުނެ އިޒްރޭލުން ޕްރޮޕެގެންޑާ ފަތުރާއިރު، މިފަދަ ހުރިހައި ޖަރީމާތަކެއް ހުއްޓުމެއްނެތި ފަލަސްޠީނުގައި އިޒްރޭލު އަންނަނީ ހިންގަމުން ނެވެ.
وهذه قائمة المستشفيات التي قصفتها إسرائيل في قطاع غزة:
1. مستشفى الشفاء (ޝިފާ ހޮސްޕިޓަލް)
2. مستشفى ناصر
3. المستشفى الأوروبي (ޔޫރަޕިއަން ހޮސްޕިޓަލް)
4. مستشفى كمال عدوان
5. مستشفى الأقصى
6. مستشفى الأمل
7. مستشفى العودة (الأوامر)
8. المستشفى التركي الفلسطيني
بسم الله الرحمن الرحيم
إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِّثْلُهُ ۚ وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ وَلِيَعْلَمَ اللَّهُ الَّذِينَ آمَنُوا وَيَتَّخِذَ مِنكُمْ شُهَدَاءَ ۗ وَاللَّهُ لَا يُحِبُّ الظَّالِمِينَ ( سورة آل عمران 140)
صدق الله العلي العظيم
أُحد ހަނގުރާމައިގެ ދުވަހު ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، (كافر ންގެ) މީސްތަކުންނަށްވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، (بدر ހަނގުރާމައިގެ ދުވަހުގައި) ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. އަދި، (އެއީ) إيمان ވެއްޖެ މީސްތަކުން، اللَّه ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައްޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު شهيد ން ކަމުގައި ލެއްވުމަށްޓަކައެވެ. އަނިޔާވެރިންދެކެ، اللَّه ލޯބިވެވޮޑިގެނެއްނުވެތެވެ. ( 140)
މިއާޔަތުގެ ތަފްސީރު :
ތިޔަބައިމީހުންގެ ތެރެއިން މީހުން ޤަތުލުވެ ޒަޚަމްވިއިރު، އެބައިމީހުންގެ ތެރެއިންވެސް ވަނީ މީހުން ޤަތުލުވެ ޒަޚަމްވެފައެވެ. ދުވަސްތަކަކީ އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. އެއް ދުވަހު އެއްޗެއް ލިބުނިއްޔާ އަނެއް ދުވަހު ގެއްލޭނެއެވެ. އެއްދުވަހު މޮޅުވެފައި އަނެއް ދުވަހު ދެރަވާނެއެވެ. ﴿وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ﴾ ތިޔަބައިމީހުންނަށް ޖިހާދުކުރަން ޖެއްސެވީ ތިޔަބައިމީހުން އިމްތިޙާނު ކުރެއްވުމަށެވެ. ތިޔަބައިމީހުންގެ ތެރެއިން މުޞީބާތްތަކަށާއި ހަނގުރާމައަށް ކެތް ކުރަނީ ކޮންބައެއްތޯ ބެއްލެވުމަށާއި، ހެވާއި ނުބައި ވަކިކުރެއްވުމަށެވެ.
އަދި މުއުމިނުންގެ ތެރެއިން ބަޔަކަށް ޝަހީދުވުމުގެ މާތްކަން ދެއްވައި އެބައިމީހުން ނިޢުމަތުގެ ސުވަރުގެއަށް ވެއްދެވުމަށެވެ. މިތާނގައި علم ގެ މާނައަކީ އެނގުމެއް ނޫނެވެ. ވަކި ކުރެއްވުމެވެ. މާނައީ: އީމާންކަން މަތީ ސާބިތުވާ މީހުންނާއި، ޖެހޭންވީ ކޮޅެއް ނޭނގިފައި ތިބި މީހުން ވަކިކުރެއްވުމެވެ. އެހެނީ، މާތް ﷲ އީ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ޖިހާދުކުރާ މީހުންނާއި ނުކުރާ މީހުން ދެނެވޮޑިގަންނަވާން އެކަލާނގެ ވަކިކަމެއް ކުރައްވާން ޖެހިވޮޑިއެއް ނުގަންނަވާނެއެވެ.
ވީމާ، މަތީގައިވާ ތަފްސީރަށް ބަލައިލުމުން އަޅުގަނޑުމެންނަށް އެނގި ހާމަވަނީ މުސްލިމުން ކުރިއަރައިގެންދާނީ ކާފަރުން ބަލިކޮށްގެން ކަމެވެ. މުސްލިމުންނަށް ކާފަރުންގެ މައްޗަށް ކާމިޔާބު ލިބޭނެ ކަމެވެ. ޙައްޤުގެ މަގުގައި ޖިހާދުކުރާ މީހުންނަށް އެކަލާނގެ ބައްލަވައިވޮޑިގެންވާކަމެވެ. ޖިހާދުކުރުން އެއީ ވާޖިބެއް ކަމެވެ.
(ލިޔުއްވީ: އަލްއުސްތާޛް ޢަލީ އާދަމް)