Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

About UsPrivacy PolicyEditorial PolicyAdvertiseTerms

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދުންފަތް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް އިނާޔަތެއް ދޭން ދިރާސާއެއް ހަދަނީ

ދުންފަތް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް އިނާޔަތެއް ދޭން ދިރާސާއެއް ހަދަނީ

އާނާ ފަހީމް
341 ދުވަސް ކުރިން - 24 ޖޫން 2025 10:57
ކުއްލި ޚަބަރު: ދުންފަތް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް އިނާޔަތެއް ދެނީ.
ކުއްލި ޚަބަރު: ދުންފަތް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް އިނާޔަތެއް ދެނީ.
ޚުލާސާ

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލި ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް އިނާޔަތެއް ދިނުމަށް ދިރާސާއެއް.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް ޚާއްސަ އިނާޔަތެއް ދެއްވުމާއި ގުޅޭގޮތުން ދިރާސާއެއް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމާބެހޭ ވަޒީރުންނަށް އަންގަވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ



ސޯޝަލް މީޑިއާގައި ރައީސް މުޢިއްޒު ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައިވާކަމަށެވެ.

މި ސަރުކާރުން ދަނީ ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ގައުމަކަށް ހެއްދެވުމުގެ މަސައްކަތް ހަރުދަނާކޮށް ކުރައްވަމުންނެވެ. އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށައެޅުނު އިސްލާހު، މެއި މަހުގެ 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. މި އިސްލާހާއެކު، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެއެވެ. ރައީސް ނިންމެވި މި "ޖެނެރޭޝަނަލް ބޭން" އަކީ ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް އެޅުއްވި ވަށައިޖެހޭ ހައްލެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުދުންފަތް
Ad
Ad

ގުޅޭ ޚަބަރުތައް

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

2 ގަޑިއިރު ކުރިން - 15:02

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަނީ

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަނީ

2 ގަޑިއިރު ކުރިން - 14:47

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

2 ގަޑިއިރު ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

16 ގަޑިއިރު ކުރިން - 00:50

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

16 ގަޑިއިރު ކުރިން - 00:39

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

18 ގަޑިއިރު ކުރިން - 22:50

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ހުސްނާ

341 ދުވަސް ކުރިން - 15:29

ޝުކުރިއްޔާ އަހަރުންގެ އެންމެ ބެސްޓް ރައީސް...