މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާކަމުގެ ޔަގީންކަން ވަޒީރު ޠާރިޤް ދެއްވައިފި

އާނާ ފަހީމް | 6 ގަޑިއިރު ކުރިން - 23 ޖޫން 2025 01:19
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް/ ފޮޓޯ: ރައީސް އޮފީސް
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މެދުއިރުމަތީގައި ކުރިމަތިވަމުންދާ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ބައިވެރިންނާއެކު ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ކަމަށް ވަޒީރު ޠާރިޤް ވިދާޅުވެއްޖެ.

މެދުއިރުމަތީގައި ކުރިމަތިވަމުންދާ ހާލަތު ގާތުން ބަލަމުންދިއުމަށްޓަކައި، ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހައި ބައިވެރިންނާއެކު، ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާ ގާތުން މަސައްކަތްކުރަމުން ގެންދަވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ފާހަގަކުރައްވާފައިވަނީ، މި ހާލަތުން އަސަރުކުރާ އެންމެހައި ފަރާތްތަކަށް ރާއްޖޭގެ ހިތްތައް ހުރީ އެމީހުންނާއެކު ކަމަށެވެ. އަދި މި ދަނޑިވަޅުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމާއި، ރާއްޖެއަށް އަންނަ އެންމެހައި ދަތުރުވެރިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަކީ އެންމެ އިސް އަމާޒު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ގޮތްގޮތުން އަސަރުކުރެވޭނެކަމަށް ލަފާކުރެވޭއިރު، ރާއްޖެއަށް އޭގެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%