ޚުލާސާ ޕޯލް: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރާނީ ކޮން ބޭފޫޅެއް؟

އައިޝަތު ރުވާ ރިފްޢަތު | 5 ގަޑިއިރު ކުރިން - 23 ޖޫން 2025 01:11
ވޯޓުލުން ކުރިޔަށް ދާނީ ޚުލާސާގެ ފޭސްބުކް ޕޭޖުގައި.
ވޯޓުލުން ކުރިޔަށް ދާނީ ޚުލާސާގެ ފޭސްބުކް ޕޭޖުގައި.
ޚުލާސާ

މިހާތަނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވަނީ މުޙައްމަދު ނަޝީދު، އިބްރާހިމް ސޯލިހު، ފައްޔާޒު އަދި ޝަމްހީދު.

ސިޔާސީ މަސްރަހުގައި މިވަގުތު އެންމެ ފޯރީގައި ދެކެވެމުން އަންނަ ވާހަކައަކީ ކުރީގެ ރައީސް ނަޝީދު އަލުން އަނބުރާ އެމްޑީޕީއާ ގުޅެން ނިންމި ވާހަކައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މުޙައްމަދު ނަޝީދު އިއުލާން ނުކުރެއްވި ނަމަވެސް އެމްޑީޕީއާއި ގުޅުމުގެ ކުރިން އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނެކަން ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. އެހެންކަމުން މި ރޭހުގައި ވާދަކުރާނެ އަދަދު މިވަނީ 4 ކެންޑިޑޭޓުންނަށް އަރާފައެވެ. އެއީ އެމަނިކުފާނުގެ އިތުރުން ރައީސް އިބްރާހިމް ސޯލިހާއި، އެ ޕާޓީގެ ޗެއަރޕާސަން، ފައްޔާޒް އިސްމާއީލުގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ.

އެމްޑީޕީގައި މިވަގުތު ތާއީދު އޮތީ ކޮން ބޭފުޅެއްކަން ދަންނަވަން އެއްވެސް ފަރުދަކަށް ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަކާއި ގުޅިގެން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީއެވެ.

ނަމަވެސް ގޮތް ނިންމަވާނީ ތިޔަ ބޭފުޅުންނެވެ. ފޭސްބުކްގައި ޚުލާސާ މިއަދު ހުޅުވާލި ޕޯލްގައި ތިޔަ ބޭފުޅުން އެންމެ ގަޔާވާ ކެންޑިޑޭޓަކަށް ރިއެކްޝަނުން ވޯޓު ދެއްވާށެވެ. ލިންކު ތިރީގައި މިވަނީއެވެ. ލިންކަށް ކްލިކް ކުރައްވާށެވެ. އަދި ތާއީދު އޮތް ކެންޑިޑޭޓަކީ ކޮބައިކަން ދެނެގަންނާށެވެ!

https://shorturl.at/1omSc

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%