Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރިޔާސީ އިންތިހާބުގައި 7 ޕަސެންޓު ލިބުނު ނަޝީދު ޣައިބު އެނގޭ ކަމަށް ބުނެ ލޯކަލް ކައުންސިލް އިންތިހާބުގެ ހިސާބު ޖައްސަވައިފި

ރިޔާސީ އިންތިހާބުގައި 7 ޕަސެންޓު ލިބުނު ނަޝީދު ޣައިބު އެނގޭ ކަމަށް ބުނެ ލޯކަލް ކައުންސިލް އިންތިހާބުގެ ހިސާބު ޖައްސަވައިފި

އައިޝަތު ރުވާ ރިފްޢަތު
345 ދުވަސް ކުރިން - 23 ޖޫން 2025 23:44
ރައީސް ނަޝީދު މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޚުލާސާ
ރައީސް ނަޝީދު މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްޑީޕީއިން އިސްތިއުފާ ދިނުމަށްފަހު މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ނަޝީދު ވިދާޅުވީ ދެން ވާންއުޅޭ ގޮތް ވެސް ދެނެގަންނަ ކަނަށް.

2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްޑީޕީއިން އިސްތިއުފާ ދިނުމަށްފަހު އުނބަށް ޖައްސަވައި ރައީސް ނަޝީދު އަލުން އަނބުރާ އެމްޑީޕިއަށް ސޮއި ކުރެއްވި ޖަލްސާގައި ކުފުރު ފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވައިފިއެވެ. އޭނާ ވިދާޅުވީ, މުސްތަގުބަލްގައި ވާން ހުންނަ ކަންކަން ވެސް ދެނެގަންނަ ކަމަށެވެ. އަދި އޭޝިއާ ރީޖަންގައި އޮތް ރައްޔިތުންނަށް ހެޔޮއެދޭ ހަމައެކަނި ޕާޓީއަކީ އޭނާގެ ޕާޓީ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވި މެއެވެ.

"... އެއީ މި ޕާޓީއަކީ ހިސާބު ޖަހާ ޕާޓީއެއް... ދެން ވާންއުޅޭ ގޮތް ދެނެގަންނަ ޕާޓީއެއް .... މި ނޫން ޕާޓީއެއް އޭޝިއާ ތެރެއަކު ގައުމެއް ބަދަލުކޮށްލާކަށް، ރައްޔިތަކަށް ހެވެއް ހޯދައިދޭކަށް ހަގީގަތުގައި ނުވެސް ނެތް،" ނަޝީދު ވިދާޅުވިއެވެ.

މިރޭ އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު އެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރަށް މި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ލިބިވަޑައިގަންނަވާނީ 20 ޕަސެންޓު ކަމަށެވެ. ނަޝީދު މިހެން ވިދާޅުވި އިރު އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ނިމިދިޔަ 2023 ގެ އިންތީހާބުގައި ލިބިވަޑައިގެންނެވީ އެންމެ 7 ޕަސެންޓެވެ.

Advertisement

Advertisement 1

ނަޝީދަކީ މި ފަހުގެ ތާރީހުގައި އެންމެ ގިނަ ދޮގާއި މަކަރު ހެއްދެވި އަދި ހަމައެހެންމެ ރައްޔިތުން އެންމެ ލޯބި ހޯއްދެވި އެއް ލީޑަރެވެ. ނަމަވެސް ނަޝީދުގެ އުޅުމާއި މިޖާޒާއި ބަހުރުވަ ހުންނަ ގޮތުން އެމަނިކުފާނު ދެކެ ގިނަބަޔަކު މިހާރު ނަފްރަތު ކުރެއެވެ. އެކަން އެންމެ 7 ޕަސެންޓުކަން ދިވެހި ރައްޔިތުން ވަނީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ދައްކާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ރޭހުގައި ވެސް ނަޝީދަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ނިމުނީއެއް ނޫނެވެ. 2024 ގެ މަޖިލިސް އިންތިހާބުގައި އެމަނިކުފާނުގެ ޕާޓީ ޑިމޮކްރެޓްސް އަށް އެންމެ ގޮނޑިއެއް ވެސް ލިބިފައެއް ނުވެއެވެ.

ރައީސް ނަޝީދު އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އަނބުރާ އެމްޑީޕީ އަށް ސޮއި ކުރުމުން އެމަނިކުފާނަށް އޮތް ތާއީދު މިހާރު މިވަނީ އިތުރަށް ހީނަރުވެފައެވެ. އެމްޑީޕީ އެތެރޭގައި އެމަނިކުފާނަށް ތާއިދެއް ނެތެވެ. ސަބަބަކީ އެމްޑީޕީ ސަޕޯޓަރުން ޤަބޫލުކުރާ ގޮތުގައި 2023 ގައި އެ ޕާޓީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރައީސް ނަޝީދު ފާޅުގައި ކުރެއްވި އެންޓި ކެމްޕެއިނުގެ ސަބަބުންނެވެ. ކެމްޕެއިނުގައި ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ އެކަން އިންތިހާބުގައި ދައްކާފައެވެ.

އެމަނިކުފާނު މިރޭ އެމްޑީޕީއަށް ސޮއި ކުރެއްވި އިރު އެމްޑީޕީ ލީޑަރޝިޕްގެ ގިނަ ބޭފުޅުން އެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ނުވެއެވެ. ހާއްސަކޮށް އިބްރާހިމް ސޯލިހާއި އެމަނިކުފާނުގެ ފެކްޝަނުގެ ބޭފުޅުން ބައިވެރިވެފައެއް ނުވެއެވެ.

ރައީސް މުޙައްމަދު ނަޝީދުއެމްޑީޕީ

Advertisement

Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ސުން

344 ދުވަސް ކުރިން - 05:43

އަންނި އަކީ ބަޔަކު އަޑީގަ ތިބެގެން އެމްޑީޕީ ފަނި ކޮށްލަން ފޮނުވި ފަންޏެއް.

ގުޅޭ ޚަބަރުތައް

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ގަޑިއިރު ކުރިން - 18:13

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

ނިމިދިޔަ އަހަރު ލިބުނުހާ އާމްދަނީއެއް ހަރަދުކުރީ އެމްޑީޕީން ނެގިހާ ލޯނުތައް އަދާކުރުމަށް

1 ދުވަސް ކުރިން - 11:31

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

4 ދުވަސް ކުރިން - 13:51

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

9 ދުވަސް ކުރިން - 13:16

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ 60 އިންސައްތަ ވޯޓުން: ޝާހިދު

2028 ކާމިޔާބުކުރާނީ %60 ވޯޓުން: ޝާހިދު

12 ދުވަސް ކުރިން - 00:31

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތް ފަށައިފި

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތްފަށައިފި

13 ދުވަސް ކުރިން - 09:50