Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސައިޕްރަސްގެ އައު ސަފީރު ރައީސަށް ފަތްކޮޅު އަރުވައި ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފި

ސައިޕްރަސްގެ އައު ސަފީރު ރައީސަށް ފަތްކޮޅު އަރުވައި ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފި

އާނާ ފަހީމް
397 ދުވަސް ކުރިން - 23 ޖޫން 2025 17:28
ސައިޕްރަސްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން/ ފޮޓޯ: ރައީސް އޮފީސް
ސައިޕްރަސްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދަރިވަރުންނާއި ޕްރޮފެޝަނަލުން، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް ތަޖުރިބާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ފައިދާ ފާހަގަކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރާނެ ދާއިރާތަކާ ބެހޭގޮތުން ސައިޕްރަސްއާއި މަޝްވަރާކުރައްވައިފި.

ދަ ރިޕަބްލިކް އޮފް ސައިޕްރަސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރ، ހިޒް އެކްސަލެންސީ އެވަގޮރަސް ވިރްޔޮނިޑެސް، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ހައި ކޮމިޝަނަރ ވަޑައިގެންނެވީ ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

Advertisement

Advertisement 1

ސައިޕްރަސްގެ އައު ހައި ކޮމިޝަނަރ، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސްއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އައު ހައި ކޮމިޝަނަރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު، އައު ހައި ކޮމިޝަނަރާ ރައީސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާތަކުގައި، ވިޔަފާރިއާއި ފަތުރުވެރިކަމާއި ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުން އިތުރުކޮށް، ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ. މީގެއިތުރުން، ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމަށް އުއްމީދު ކުރައްވާކަންވެސް ދެބޭފުޅުން ހާމަކުރެއްވިއެވެ.

ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ކިހާ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސައިޕްރަސްއަކީ ތަޖުރިބާތަކާއި ފުރުޞަތުތައް ފަހި، ޖަޒީރާ ޤައުމަކަށްވާތީ، ދަރިވަރުންނާއި ޕްރޮފެޝަނަލުން، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް ތަޖުރިބާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ފައިދާ، މި ބައްދަލުކުރެއްވުމުގައި، ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސައިޕްރަސް އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވިފައިވަނީ 1987 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސައިޕްރަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

13 މިނެޓު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

33 މިނެޓު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

16 ގަޑިއިރު ކުރިން - 20:04

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

3 ދުވަސް ކުރިން - 15:22