ތަޢުލީމާއި ދަނޑުވެރިކަމުގެ އިތުރުން ޞިއްޙީ ދާއިރާގައި ގުޅުން ބަދަހިކުރުމަށް ނެޕާލާއި މަޝްވަރާކުރައްވައިފި

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 23 ޖޫން 2025 17:37
ނޭޕާލްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން/ ފޮޓޯ: ރައީސް އޮފީސް
ނޭޕާލްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހިޒް އެކްސަލެންސީ ޑޮކްޓަރ ޕޫރްނާ ބަހާދޫރު ނޭޕާލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ހެނދުނު ރައީސްއަށް އަރުވައި ދެޤައުމުގެ ގުޅުން ބަދަހިކުރުމަސް މަޝްވަރާކުރައްވައިފި.

ނޭޕާލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ޑރ. ޕޫރްނާ ބަހާދޫރު ނޭޕާލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު މި ރަސްމިއްޔާތަށް، ނޭޕާލްގެ އައު ސަފީރު ޑޮކްޓަރ ޕޫރްނާ ބަހާދޫރު ނޭޕާލީ، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގެ އަޑާއެކު، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ނޭޕާލްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުމަށްފަހު، ރައީސްވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

މީގެފަހުން، އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ ތަޢުލީމާއި ދަނޑުވެރިކަމުގެ އިތުރުން ޞިއްޙީ ދާއިރާގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

ދިވެހިރާއްޖެއާ ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވިފައި ވަނީ 1980 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގައެވެ. ނޭޕާލުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ވަނީ ނަން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%