އިންވެސްޓްމަންޓާއި ތިމާވެށީގެ މައްސަލަތަކާ ބެހޭގޮތުން ގިނީއާއި މަޝްވަރާކުރައްވައިފި

އާނާ ފަހީމް | 3 ގަޑިއިރު ކުރިން - 23 ޖޫން 2025 17:46
ގިނީގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ގިނީގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ޚުލާސާ

ގިނީގެ އައު ސަފީރުގެ ފަތްކޮޅު ރައީސްއަށް އަރުވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިންވެސްޓްމަންޓް އަދި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމާބެހޭގޮތުން މަޝްވަރާކުރައްވައިފި.

އިންވެސްޓްމަންޓްގެ ދާއިރާއާއި އިޤްތިޞާދީ އެއްބާރުލުން ދިނުމާއި، މިހާރު ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ ބެހޭގޮތުން ރިޕަބްލިކް އޮފް ގިނީގެ ސަރުކާރާއި ދިވެހިރާއްޖެއާއި ދެމެދު މިއަދު މަޝްވަރާތައް ކޮށްފިއެވެ. މި މަޝްވަރާތައް އޮތީ ގިނީ އިން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ކޮންޓް އަލައްސާން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އެރުއްވުމަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ގިނީގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވީ ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވައިގެންނެވެ. މިއީ ރަސްމީ ކަންކަމުގައި ދެވޭ ޝަރަފެއްގެ ގޮތުގައި ކުރެވޭ ކަމެކެވެ.

ސަފީރު ކޮންޓް އަލައްސާން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގިނީގެ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ހޫނު މަރްޙަބާއެއް ދަންނަވައިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%