ކެންޔާ އާއި ރާއްޖެއާއި ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަން ފުޅަކުރަނީ

އާނާ ފަހީމް | 74 ދުވަސް ކުރިން - 23 ޖޫން 2025 13:41
ކެންޔާގެ ހައި ކޮމިޝަނަރ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން/ ފޮޓޯ: ރައީސް އޮފީސް
ކެންޔާގެ ހައި ކޮމިޝަނަރ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކެންޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

ރިޕަބްލިކް އޮފް ކެންޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރ ހިޒް އެކްސަލަންސީ ޕީޓާ މުންޔެރީ މައިނާ، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އަރުވައި، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރޔވެރިކަން ފުޅާ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު މި ރަސްމިއްޔާތަށް ހައިކޮމިޝަނަރ ޕީޓާ މުންޔެރީ މައިނާ ވަޑައިގެންނެވީ، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާއި ހަމައަށް ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގެ އަޑާއެކު، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިގެންނެވެ. މި ރަސްމިއްޔާތުގައި ރައީސްވަނީ ކެންޔާގެ އައު ހައިކޮމިޝަނަރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމަށްފަހު ބޭއްވުނު ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުން ރައީސްއާއި ހައިކޮމިޝަނަރ މަޝްވަރާކުރެއްވިއެވެ. ހައި ކޮމިޝަނަރ ޕީޓާ މުންޔެރީ މައިނާ، ކެންޔާގެ ރައީސް ވިލިއަމް ރޫޓޯގެ ނަންފުޅުގައި ރައީސްއަށް ޝުކުރު ދަންނަވައި، އެމަނިކުފާނަށް ރާއްޖެއިން އެރުވި މަރުހަބާއަށް ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ކެންޔާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވިފައިވަނީ 1995 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ. މި ގުޅުންތައް ދެޤައުމުގެ ފައިދާއަށްޓަކައި ކުރިއެރުވުމަށް ދެ ފަރާތުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%