ވިނަރެސް އެޕާޓްމަންޓެއްގައި ރޯވެ އަނދައިފި

އަައިޝަތު ޒީނާ | 5 ގަޑިއިރު ކުރިން - 23 ޖޫން 2025 11:49
ވިނަރެސް އެޕާޓްމެންޓެއްގައި ރޯވުން. / ފޮޓޯ: އެމްއެންޑީއެފް
ވިނަރެސް އެޕާޓްމެންޓެއްގައި ރޯވުން. / ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފް އިން ބުނި.

ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއްގައި ރޯވެ އަނދައިފިއެވެ.

އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއިން އިން ބުނީ ވިނަރެސް ފްލެޓުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 07:41 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ފަޔަ ފައިޓަރުން އެ އެޕާޓްމަންޓަށް ވަދެ، ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އަލިފާން ރޯވީ، ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ 9 ބީ ބްލޮކްގެ 13 ވަނަ ފަންގިފިލާގެ، 6ވަނަ އެޕާޓްމަންޓުގައި ކަމަށެވެ.

މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަދި، އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކްބެޑެއްގެ ގޮދަޑިއެއް އެނދުމުގެ އިތުރުން، މުޅި އެޕާޓްމަންޓަށް ކަޅު ދުމުގެ އަސަރުކޮށް، ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށާއި އޭސީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ބަލަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%