ކުރީ ސަރުކާރުން މިނިމަމް ވޭޖް މުރާޖަޢާ ނުކުރީ ކީއްވެ؟

ހުސައިން އިސްމާއިލް | 53 ދުވަސް ކުރިން - 23 ޖޫން 2025 12:09
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް: މިނިމަމް ވޭޖުގައި އަތްއަޅައި ފޮރުވައިލި ޞާލިޙް އަނެއްކާވެސް ބޭނުމީ ވެރިކަން ކުރަން ކަމަށް އޭނާ ވަނީ އިޢުލާން ކޮށްފަ.
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް: މިނިމަމް ވޭޖުގައި އަތްއަޅައި ފޮރުވައިލި ޞާލިޙް އަނެއްކާވެސް ބޭނުމީ ވެރިކަން ކުރަން ކަމަށް އޭނާ ވަނީ އިޢުލާން ކޮށްފަ.
ޚުލާސާ

އެމްޑީޕީގެ ވެރިކަމުގައި އެމީހުން މަސައްކަތްކުރީ ދައުލަތް ލޫޓުވާން. އެކަންކުރާން ހަދައިގެން މިނިމަމް ވޭޖުގެ މަތީގައި ވެސް “އަތް އަޅައި ފޮރުވައިލި”. މިއަހަރު މިނިމަމް ވޭޖް މުރާޖަޢާކޮށް ނިންމާނެ.

ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭ އެންމެ ކުޑަމިނުގެ އުޖޫރަ ނުވަތަ މިނިމަމް ވޭޖަކީ އެއިރެއްގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލާއި އެއްވަރަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު މުރާޖާ ކުރަންޖެހޭ ކަމުގައި ވާން ޖެހެއެވެ. ގޭގެ ކަރަންޓުބިލަށް 2000 ރުފިޔާ ދީފައި މަހުކުއްޔަށް 10،000 ރުފިޔާ ދޭންޖެހޭ މީހާއަށް މަހަކު ލިބެންޖެހޭ އަސާސީ މުސާރައަކީ އެންމެ 8000 ކަމުގައި ވާނަމަ އެއީ ބޭއިންސާފެކެވެ. މިނިމަމް ވޭޖެއް ކަނޑައަޅަން ޖެހޭ އަސްލު ސަބަބަކީ މިއެވެ. ނަމަވެސް، ކުރީ ސަރުކާރުން އެ މަސައްކަތް ކޮށްފައި ނުވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި އެންމެ ފުރަތަމަ މިނިމަމް ވޭޖް ކަނޑައަޅުއްވާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އެހެންކަމުން، އެ އަދަދު މުރާޖަޢާ ކުރަންޖެހޭނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ އޭރު އެއީ އެމްޑީޕީގެ ވެރިކަން އޮތް ދުވަސްވަރެވެ.

އަސާސީ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދޭނީ ތިމަންނާމެންނޭ ބުނެ އަމިއްލައަށް ލޭބަލް ޖަހައިގެން އުޅޭ އެމްޑީޕީން މިކަން ނުކޮށް ދޫކޮށްލުމަކީ އެތައް ހާސް ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވީ ކުރީ ސަރުކާރުން “އެ މުއްދަތުގައި” މިނިމަމް ވޭޖް މުރާޖަޢާ ކުރުމުގެ މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

ތިޖޫރިން ވައްކަންކުރުން

އެމްޑީޕީން ސަރުކާރު ހިންގިއިރު މިނިމަމް ވޭޖް މުރާޖަޢާ ނުކުރި ސަބަބަކީ ރައްޔިތުންގެ މުސާރަ ބޮޑުކޮށްލައިފިނަމަ އެމްޑީޕީގެ ކެބިނެޓްގައި ތިބި ވަޒީރުންނާއި އެމްޑިޕީ ތަމްސީލުކުރާ މަޖިލީހުގައި ތިބި މެންބަރުން ދައުލަތުން ކުރަމުންދިޔަ ވައްކަމާއި ނަގަމުންދިޔަ ކަރަޕްޝަން ފައިސާ މަދުވެދާނެތީއެވެ. އެމީހުންނަށް އަޅަމުންދިޔަ ބައި މަދުވެދާނެތީއެވެ. އެ ދަނޑިވަޅު މިނިމަމް ވޭޖް މުރާޖަޢާކޮށް، އެމަހުގެ މުސާރަ ބޮޑުކުރުމަށް ނިންމައި މުވައްޒަފުންނަށް ގިނައިން މުސާރަ ދީފިނަމަ ވެރިކަމުން ފައިބަމުން ދިޔައިރު ގޯނިގޯންޏަށް އަޅައިގެން ގެންދާން އުޅުނު ފައިސާ މަދުވެދާނެތީއެވެ. އިތުރު ސަބަބެއް އޮތީކީއެއް ނޫނެވެ. މިއީ މިއަދު ބުނެވެން ޖާގަ އޮތް އެއްޗެކެވެ. އެމްޑީޕީގެ ވެރިކަމުގައި ގިނައިން ތިބީ ވައްކަމާއި ކަރަޕްޝަނުގެ މީހުން ކަމާއި، އެކަންކަން ނުދަންނަ މީހަކު މި ފަސްގަނޑުގައި ނެތެވެ. ނަމަވެސް އޭރު މުޅި ޝަރުޢީ ނިޒާމުގެބމަތީގައި ބޯވައެއްހެން ހިއްޕާލައިގެން އެމްޑީޕީން އޮތުމުގެ ސަބަބުން އެމީހުންގެބމައްސަލަތައް ނުބެލި،ނތަޙްޤީޤުވެސް ނުކުރެވި، ނުވިތަނަކަށް ހެކިތަކާއި ޤަރީނާތައް ވެސް ބައެއް މައްސަލަތަކުގައި “ގެއްލުވާލާފައިވާކަމަށް” ތުހުމަތު ކުރެވެއެވެ.

މިއަހަރު މިނިމަމް ވޭޖް މުރާޖަޢާކޮށް ނިންމާނެ

މިނިމަމް ވޭޖާއި ގުޅޭ ކަންކަން މިއަހަރު ނިންމާނެ ކަމަށް އެކަމާއި ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ޚައިދަރު ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިނިމަމް ވޭޖުގެ ކަންކަން އިގްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއިން މަތީ ތަޢުލީމާބެހޭ ވުޒާރާއަށް ބަދަލުކުރެއްވުމާއި ގުޅިގެން، މިނިމަމް ވޭޖް މުރާޖަޢާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފަށާފައެވެ. ވަޒީރު ޚައިދަރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހާއި ހަމައަށް މިނިމަމް ވޭޖް ބޯޑު އެކުލަވާލައި، ކުރީގެ ބޯޑުގެ ލިޔެކިޔުންތަކާއި ދިރާސާތައް އެ ބޯޑާއި ހިއްސާކޮށްފައިވެއެވެ.

އެމްޑީޕީ ސަރުކާރުން ގަސްދުގައި މިނިމަމް ވޭޖް މުރާޖަޢާ ނުކޮށް ދޫކޮށްލާފައި ވަނިކޮށް މިނިމަމް ވޭޖުގެ ޓެކްނިކަލް މަސައްކަތުގައި އުޅުނު ގިނަ އަދަދެއްގެ މުވައްޒަފުން އެކި ސަބަބުތަކާހުރެ އެ މަސައްކަތާ ދުރަށްގޮސްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަކީ ވަރަށް ޙައްސާސް މަސައްކަތެއް ކަމަކަށްވީހިނދު، ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އަދި ދިރާސާގެ މައްޗަށް ބިނާކޮށް، އައިއެލްއޯއާ ގުޅިގެން މިނިމަމް ވޭޖް މުރާޖަޢާ ކުރުމުގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި އެންމެ ފަހުގެ ލޭބަރ ފޯސް ސަރވޭ އާއި ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުގެ ސަރވޭ އާއި ބޯހިމެނުމާއި ޤައުމީ އުފެއްދުންތެރިކަން ފަދަ ޕްރައިމަރީ ޑާޓާ އެއްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ލޭބަރ ފޯސް ސަރވޭ ނިމުމާއެކު ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ވަނީ ނިންމާފައެވެ. ލޭބަރ ފޯސް ސަރވޭގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%