Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިނިމަމް ވޭޖް މުރާޖަޢާކުރުމުގެ މަސައްކަތް ޑިސެމްބަރަށް ނިމޭނެ: ވަޒީރު ޑރ. އަލީ ހައިދަރު

މިނިމަމް ވޭޖް މުރާޖަޢާކުރުމުގެ މަސައްކަތް ޑިސެމްބަރަށް ނިމޭނެ: ވަޒީރު ޑރ. އަލީ ހައިދަރު

އާނާ ފަހީމް
393 ދުވަސް ކުރިން - 23 ޖޫން 2025 12:17
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމައި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު މަޖިލީހުގައި ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމައި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު މަޖިލީހުގައި ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ފަންނީ އެހީތެރިކަން ހޯދުމަށް މިނިމަމް ވޭޖް ބޯޑާއި އައިއެލްއޯއާ ގުޅިގެން މަސައްކަތްކޮށް ލޭބަރ ފޯސް ސަރވޭ މި އަހަރުގެ ޑިސެމްބަރަށް ނިމޭނެކަމަށް ވަޒީރު ޙައިދަަރު ވިދާޅުވެއްޖެ.

ކޮންމެ ދެއަހަރަކުން މިނިމަމް ވޭޖް ނުވަތަ ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު މުރާޖަޢާ ކުރަން ޖެހުނު ނަމަވެސް ކުރީ ސަރުކާރުން އެ މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، މިނިމަމް ވޭޖް މުރާޖަޢާކުރުމުގެ މަސައްކަތް ޑިސެމްބަރަށް ނިމޭނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމައި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޢަލީ ޙައިދަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިނިމަމް ވޭޖާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި އެންމެ ފުރަތަމަ މިނިމަމް ވޭޖް ކަނޑައަޅުއްވާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން އެ އަދަދު މުރާޖަޢާ ކުރަންޖެހޭ މުއްދަތަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަސް ކަމަށާއި، ކުރީ ސަރުކާރުން އެ މުއްދަތުގައި މުރާޖަޢާ ކުރުމުގެ މަސައްކަތް ކޮށްފައި ނުވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، މިނިމަމް ވޭޖުގެ ކަންކަން އިގްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއިން މަތީ ތަޢުލީމާބެހޭ ވުޒާރާއަށް ބަދަލުކުރެއްވުމާއެކު، މިނިމަމް ވޭޖް މުރާޖަޢާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް މިނިމަމް ވޭޖް ބޯޑު އެކުލަވާލައި، ކުރީގެ ބޯޑުގެ ލިޔެކިޔުންތަކާއި ދިރާސާތައް އެ ބޯޑާ ހިއްސާކޮށްފައިވާ ކަމަށް ވެސް ޑރ. ޢަލީ ޙައިދަރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މިނިމަމް ވޭޖުގެ ޓެކްނިކަލް މަސައްކަތުގައި އުޅުނު ގިނަ އަދަދެއްގެ މުވައްޒަފުން އެކި ސަބަބުތަކާހުރެ އެ މަސައްކަތާ ދުރަށްގޮސްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އޭގެ ސަބަބުން އެ މަސައްކަތަށް ޓެކްނިކަލް ތަޖުރިބާއާއި އެހީތެރިކަން ލިބުމުގައި ދަތިތައް އެބަހުރި ކަމަށެވެ. އެހެންކަމުން، ފަންނީ އެހީތެރިކަން ހޯދުމަށް މިނިމަމް ވޭޖް ބޯޑާއި އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) ގުޅިގެން މިހާރު މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވަޒީރު ޑރ. ޙައިދަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، "މިނިމަން ވޭޖް ކަނޑައެޅުން ފަދަ ޙައްސާސް މަސައްކަތެއް ކުރުމުގައި ރިއާޔަތް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ. އަދި ކަނޑައެޅޭ މިނިމަމް ވޭޖަކީ އޭގެ ބުރަ ނުވަތަ ނޭދެވޭ އަސަރު އިގްތިސާދަށާއި މަސައްކަތްތެރިންނަށާއި މަސައްކަތްތެރިކަމަށް ނުކުރާނެ ގޮތަށް ކަނޑައެޅުމުގެ ޒިންމާ ދައުލަތުގެ މައްޗަށް އޮތް ކަމަކަށްވީހިނދު، ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އަދި ދިރާސާގެ މައްޗަށް ބިނާކޮށް، ކަނޑައަޅަންޖެހޭ އެއްޗެއް މިނިމަމް ވޭޖަކީ."

އައިއެލްއޯއާ ގުޅިގެން މިނިމަމް ވޭޖް މުރާޖަޢާ ކުރުމުގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި އެންމެ ފަހުގެ ލޭބަރ ފޯސް ސަރވޭއާއި ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުގެ ސަރވޭއާއި ބޯހިމެނުމާއި ޤައުމީ އުފެއްދުންތެރިކަން ފަދަ ޕްރައިމަރީ ޑާޓާ އެއްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ލޭބަރ ފޯސް ސަރވޭ ނިމުމާއެކު ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ނިންމަވާފައިވާ ކަމަށް ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވިއެވެ. ލޭބަރ ފޯސް ސަރވޭގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް(ކުރީގެ މިނިސްޓަރު) ޑރ. އަލީ ހައިދަރުމިނިމަމް ވޭޖް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

7 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

14 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

15 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

26 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

46 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

46 ދުވަސް ކުރިން - 12:12