Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕައިލެޓުކަމުގެ ލޯނު ފުރުސަތު މިވަގުތު ނުހުޅުވާނެ

ޕައިލެޓުކަމުގެ ލޯނު ފުރުސަތު މިވަގުތު ނުހުޅުވާނެ

ހުސައިން އިސްމާއިލް
354 ދުވަސް ކުރިން - 22 ޖޫން 2025 16:19
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން؛ ލޯނު ދޫކުރާނީ ޤައުމަށް ބޭނުންވާ އެހެން ދާއިރާތަކުން ކިޔެވުމަށް ކަމަށް އަމީން ވިދާޅުވި.
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން؛ ލޯނު ދޫކުރާނީ ޤައުމަށް ބޭނުންވާ އެހެން ދާއިރާތަކުން ކިޔެވުމަށް ކަމަށް އަމީން ވިދާޅުވި.
ޚުލާސާ

މިހާރުވެސް ޤައުމަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ޕައިލެޓުކަން ކިޔަވަން ފުރުސަތު ދެވިފައިވާ ކަމަށެވެ. އެހެންކަމުން މި ދާއިރާއިން ކިޔެވުމަށް މިވަގުތު ލޯނު ނުދޭނެ.

ޕައިލެޓުންނަށް މިވަގުތު ވަޒީފާގެ ފުރުސަތު ނެތުމާއި އިތުރަށް ފުރުސަތުތައް ހުޅުވެމުންނުދާތީ، ޕައިލެޓުކަން ކިޔެވުމަށް ލޯނުގެ ފުރުސަތު ހުޅުވާނުލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި، ޕައިލެޓުކަން ކިޔަވައިގެން ވަޒީފާ ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަނީ ކޮންކަމެއްތޯއާއި ޕައިލެޓުކަން ކިޔަވަން ލޯނަށް ހުޅުވާލާނެތޯ ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ކެޑޭޓް ޕައިލެޓުން ލައިގެން ރާއްޖޭގައި އެއްވެސް އެއަރލައިނެއް އޮޕަރޭޓު ނުކުރެވޭނެއެވެ. އަދި އެހެން ޤައުމުތަކުގައިވެސް މަސައްކަތްކުރުމުގެ ފުރުސަތު ލިބެނީ ތަޖުރިބާހުރި ޕައިލެޓުންނަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕައިލެޓުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މިހާރު އޮންނަ މިންގަނޑަށްވުރެ އިތުރަށް ވަޒީފާ ދޭން އެއަރލައިން އޮޕަރޭޓަރުންނަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement 1

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިހާރުވެސް ޤައުމަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ޕައިލެޓުކަން ކިޔަވަން ފުރުސަތު ދެވިފައިވާ ކަމަށެވެ. އެހެންކަމުން މި ދާއިރާއިން ކިޔެވުމަށް ލޯނު ނުދޭނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، މި ދާއިރާއިން ކިޔެވުމަށް ލޯނު ހަމަޖެހި، ނަމަވެސް ކިޔަވަން ނުގޮސް ތިބި ދަރިވަރުންނާއި ބެލެނިވެރިންނާ ވާހަކަދައްކައިގެން ކޯސް ބަދަލުކުރުމުގެ ފުރުސަތު ހުޅުވައިލުމުން ބައެއް ކުދިން ކޯސް ބަދަލުކޮށްފައިވެސް ވެއެވެ.

ކަން މިހެން އޮތުމާއެކު، ދެން ލޯނު ދޫކުރާނީ ޤައުމަށް ބޭނުންވާ އެހެން ދާއިރާތަކުން ކިޔެވުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

ލޯނުމިނިސްޓަރ މުހައްމަދު އަމީންޕައިލެޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

50 މިލިއަން ޑޮލަރުގެ ލޯނު ދައްކަން އިތުރު ލޯނެއް ނުނަގާ: މުންދު

ލޯނު ދައްކަން އިތުރު ލޯނެއް ނުނަގާ: މުންދު

28 ދުވަސް ކުރިން - 19:58

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

42 ދުވަސް ކުރިން - 14:30

ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މިނިސްޓަރު ސައީދު

“ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭނަން”

47 ދުވަސް ކުރިން - 23:35

ޕާކިސްތާނުން ޔޫއޭއީއަށް ދޭންޖެހޭ 3.5 ބިލިއަން ޑޮލަރު ސައޫދީން ދައްކައިދީފި

ޕާކިސްތާނުން ޔޫއޭއީއަށް ދޭންޖެހޭ ދަރަނި ސައޫދީން ދައްކައިދީފި

56 ދުވަސް ކުރިން - 19:54

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

58 ދުވަސް ކުރިން - 19:25

ޒަމާނީ ފެންވަރަށް ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

71 ދުވަސް ކުރިން - 22:14