ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުންދާ މާލީ އެހީގެ ދަށުން، މިދިޔަ މެއި މަހު 50.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ. އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަދަދު ދޫކޮށްފައިވަނީ 14,144 މީހުންނަށެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފައިވާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިދިޔަ މެއި މަހު މާލީ އެހީގެ ގޮތުގައި ޖުމްލަ 50.7 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިދިޔަ މަހު ފޯރުކޮށްދީފައިވާ މާލީ އެހީގެ ތަފާސްހިސާބު އާންމުކޮށްފައެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މެއި މަހު 14،144 މީހަކަށް 50.7 މިލިޔަން ރުފިޔާ މާލީ އިނާޔާތުގެ ގޮތުގައި ދީފައިވެއެވެ.
އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު 14،308 މީހުން ހިމެނެއެވެ. މީގެތެރޭގައި 18 އަހަރުން ދަށުގެ 4700 ކުދިން ހިމެނޭކަމަށް އެޖެންސީން ބުނެއެވެ. އަދި މިދިޔަ މަހު އަލަށް 156 މީހަކު މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް އެންސްޕާއިން ހާމަކުރައްވައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން އެލަވަންސެއް ދޭން ފަށާފައިވަނީ 2011 ވަނަ އަހަރުގައެވެ. އަދި 2023 ވަނަ އަހަރު ވަނީ އެފަރާތްތަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ސަރުކާރުން މިހާރު ގެންދަވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި ދަފްތަރުގައި ހިމެނޭ މަޢުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.