ތޮއްޑޫގައި ބިދޭސީ އަންހެނަކު ބައްޕަ ކަށަވަރުނުވާ ކުއްޖަކު ވިހެއި މައްސަލައެއް ބަލަން ފަށައިފި

އާނާ ފަހީމް | 3 ގަޑިއިރު ކުރިން - 21 ޖޫން 2025 19:52
އއ. ތޮއްޑޫ/ ފޮޓޯ: މޯލްޑިވްސް މެގަޒިން
އއ. ތޮއްޑޫ/ ފޮޓޯ: މޯލްޑިވްސް މެގަޒިން
ޚުލާސާ

ތޮއްޑޫގައި ވޯކް ވިސާގައި މަސައްކަތްކުރާ އުމުރުން 23 އަހަރުގެ ބިދޭސީ އަންހެނަކު، އެ ރަށުގެ ގެއެއްގެ ތެރެއަށް ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހާފައިވާ މައްސަލައެއް ފެންމަތިވެއްޖެ.

އއ. ތޮއްޑޫގައި ގެއެއްގެ ތެރޭގައި ބިދޭސީ އަންހެނަކު ވިހެއި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ތޮއްޑޫ ހެލްތް ސެންޓަރުންނެވެ.

ފުލުހުން ވިދާޅުވީ ތޮއްޑޫގައި ވޯކް ވިސާގައި މަސައްކަތް ކުރާ އުމުރުން 23 އަހަރުގެ ބިދޭސީ އަންހެނަކު އެ ރަށުގެ ގެއެއްގެ ތެރެއަށް، ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއި މައްސަލައެއް މިއަދު މެންދުރު 12:34 ހާއިރު ހެލްތް ސެންޓަރުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ އެ ރަށުގެ ފިހާރައެއްގައި މަސައްކަތްކުރާ އިންޑޮނޭޝިއާ އަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ ވިހާފައި ވަނީ ދިރިއުޅޭ ގޭގެ ކޮޓަރިއެއް ތެރެއަށް ކަމަށް އެނގިފައިވެއެވެ. މި ހާދިސާ ހިނގުމަށް ފަހު، އޭނާ ވަނީ ސިއްހީ ފަރުވާއަށްޓަކައި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%