"ހޯޕް އައިލެންޑް" ހަދަން އެމެރިކާއާއި ޗައިނާއިން ވެސް ޝައުގުވެރިކަން ފާޅުކޮށްފި

އަހްމަދު އީޒާން | 28 ދުވަސް ކުރިން - 21 ޖޫން 2025 16:28
ހޯމް މިނިސްޓަރު އަލީ އިހުސާން / ފޮޓޯ: ހޯމް މިނިސްޓްރީ
ހޯމް މިނިސްޓަރު އަލީ އިހުސާން / ފޮޓޯ: ހޯމް މިނިސްޓްރީ
ޚުލާސާ

އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އެމެރިކާ، ޗައިނާ، މެލޭޝިއާ އަދި ރާއްޖޭގެ ކުންފުންޏަކުން.

ހޯޕް އައިލެންޑް އަދި ސެންޓްރަލް ޖަލު އުތުރު ތިލަފަޅުގައި އެޅުމުގެ މަޝްރޫއު ހިންގުމަށް ބޭރުގެ ތިން ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވިދާޅުވީ ރާއްޖެއިން ބޭރުގެ ތިން ގައުމެއްގެ ކުންފުނިތައް ހިމެނޭހެން ޖުމްލަ ހަތަރު ކުންފުންޏަކުން ޕްރޮޕޯސަލް ލިބިފައިވާ ކަމަށެވެ.

އެއީ އެމެރިކާ، ޗައިނާ، މެލޭޝިއާ އަދި ރާއްޖޭގެ ކުންފުންޏަކުންނެވެ.

އިހުސާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.

"ވަރަށް ކޭޕަބަލް ކުންފުނިތައް. ފައިނަލް ޕްރޮޕޯސަލްތައް ލިބުމުން އިވެލުއޭޓްކޮށް، ކުންފުންޏެއް ހޮވާނީ. އުއްމީދަކީ ޖުލައި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުން." އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ޖަލުތައް އެއްކޮށްލުމުގެ މަޝްރޫއުގެ ސަބަބުން ޖަލުތައް ހިންގުމުގެ ހަރަދުން 40 ޕަސެންޓް ކުޑަކުރެވޭނެ ކަމަށެވެ.

އެންމެ ބޮޑު ބަދަލަކަށް ވާނީ ޖަލުތައް ބެލެހެއްޓުން ބައިނަލްއަގުވާމީ ފެންވަރަށް ގެނެވި، ކުށުގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުން ރިހެބިލިޓޭޓް ކުރެވޭނެ ފެންވަރު ރަނގަޅު ނިޒާމެއް ގާއިމުކުރެވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

މަވެސް

27 ދުވަސް ކުރިން - 17:29

މަވެސް އިންނާނެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފަ. މިހާރަކު ނެތް ޝައުގެއް.

މަވެސް

27 ދުވަސް ކުރިން - 17:29

މަވެސް އިންނާނެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފަ. މިހާރަކު ނެތް ޝައުގެއް.