އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދައި ހައްޔަރުކޮށްފި

އަހްމަދު އީޒާން | 4 ދުވަސް ކުރިން - 21 ޖޫން 2025 10:46
އެކްސިޑެންޓުވުމުން ފިލައިގެންދިޔަ މައްސަލާގައި ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
އެކްސިޑެންޓުވުމުން ފިލައިގެންދިޔަ މައްސަލާގައި ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ޚުލާސާ

އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައި ވާތީ އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުން.

ހުޅުމާލޭގައި މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެން ދިޔަ މީހަކު ފުލުހުން ހޯދައި އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭގައި ބުނީ ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައިއޯއެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރު ފަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައި ވާތީ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ، މޫންލައިޓްވިލާ، މުހައްމަދު ނާޝިއު، 20 އެވެ.

ފުލުހުން ބުނީ އޭނާއަކީ އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާ ކަމަށާއި ސައިކަލު ދުއްވުމުގެ ލައިސަންސް އޭނާގެ އަތުގައި ނެތް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާ މެދުގައި ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%