މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

އަހްމަދު އީޒާން | 24 ދުވަސް ކުރިން - 20 ޖޫން 2025 22:32
މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި މީހާ / ފޮޓޯ: ޕޮލިސް
ޚުލާސާ

އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ފެނިފައިވޭ.

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި، ގުޑްވިލް، އަހްމަދު އަލީ، 31 ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު ހުޅުމާލެ ފޭސް 1 ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް ޝައްކުކުރެވިގެން ބަލައި ފާސްކުރުމަށް ފަހުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހުޅުމާލެ ހުވަނދުމާ ހިނގުމުން ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 15 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%