މާދަމާ ހުޅުމާލޭގައި "މޫދު ފެސްޓް" ބާއްވަނީ

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 20 ޖޫން 2025 22:17
ހުޅުމާލެ ބީޗުގައި ކުރިން ބޭއްވި ފެސްޓިވަލެއް / ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ބީޗުގައި ކުރިން ބޭއްވި ފެސްޓިވަލެއް / ފޮޓޯ: އެޗްޑީސީ
ޚުލާސާ

ފެސްޓިވަލް ކުރިއަށްދާނީ މާދަމާ މެންދުރު ފަހު 1:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައި.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި މާދަމާ "މޫދުފެސްޓް" އޮންނާނީ މެންދުރު ފަހު 1:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ "މޫދު ފެސްޓް"ގައި ކަނޑުގެ މައުލޫމާތު ދިނުމަށް ސްޓޯލްތަކެއް ހުންނާނެ ކަމަށެވެ. ކުޑަކުދިންނާއި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތު ހޯދައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"މޫދު ފެސްޓް" ފަށާނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށް ގެންދާ ޑިސްކަވާ ޑައިވް ހަރަކާތުންނެވެ. އެ ހަރާކާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ސަރުކާރުގެ ބައެއް އިސްވެރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެ ފެސްޓިވަލްގައި މިނިސްޓްރީ އާއި ކަމާބެހޭ އެހެން އިދާރާތަކާއި ވިޔަފާރިތަކާއި ތިމާވެށި ދާއިރާގެ ޖަމިއްޔާތަކާއި ކާބޯތަކެތި ވިއްކާ ފަރާތްތައް ވެސް ބައިވެރިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%