ކިޑްނީ ބަލިން ރައްކާތެރިވުމަށް ދުރާލާ ޓެސްޓްތައް ހެދުމަށް އިލްތިމާސްކޮށްފި

އަައިޝަތު ޒީނާ | 5 ގަޑިއިރު ކުރިން - 20 ޖޫން 2025 22:11
ޑރ. އިބްރާހީމް ޝިހާމް ވިދާޅުވީ ކިޑްނީ ބައްޔަކީ ފަސޭހައިން ދެނެގަނެވޭނެ ބައްޔެއް ކަމަށް.
ޑރ. އިބްރާހީމް ޝިހާމް ވިދާޅުވީ ކިޑްނީ ބައްޔަކީ ފަސޭހައިން ދެނެގަނެވޭނެ ބައްޔެއް ކަމަށް.
ޚުލާސާ

ކިޑްނީ ބައްޔަކީ ފަސޭހައިން ދެނެގަނޭ ބައްޔެއް ކަމުން ދުރާލާ ރިސްކު ދެނެގަނެ، ރިސްކު މެނޭޖްކޮށް، ސިއްޙީ ލަފާ ހޯދުމަށް ޑރ. ޝިހާމް އެދިވަޑައިގެންނެވި.

ކިޑްނީ ބަލިން ރައްކާތެރިވުމަށް ދުރާލާ ޓެސްޓްތައް ހެދުމަށް އައިޖީއެމްއެޗްގެ ހެޑް އޮފް ނެފްރޮލޮޖީ ޑރ. އިބްރާހީމް ޝިހާމް އިލްތިމާސްކޮށްފިއެވެ.

ކިޑްނީ ބަލީގެ ހަފްތާ ފާހަގަކުރުމަށް ކުރަމުންދާ މަސައްކަތްތަކައި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. އިބްރާހީމް ޝިހާމް ވިދާޅުވީ، ކިޑްނީ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ގިނަ ބައްޔެއްކަމަށާއި އޭޝިއާ ގައުމުތަކުގައި 34 އިންސައްތަ މީހުން މި ބަލިތަހަންމަލް ކުރަމުންދާއިރު، ރާއްޖޭގައި ވެސް ކިޑްނީ ބަލީގެ ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު ގިނަ ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކިޑްނީ ބައްޔަކީ ފަސޭހައިން ދެނެގަނޭ ބައްޔެއް ކަމުން ދުރާލާ ރިސްކު ދެނެގަނެ، ރިސްކު މެނޭޖްކޮށް، ސިއްޙީ ލަފާ ހޯދުމަށް ޝިހާމް އެދިވަޑައިގެންނެވިއެވެ.

އަދި ކިޑްނީ ބައްޔާއި އެހެނިހެން ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއެކު ސިއްޙަތަށް ފައިދާ ހުރި ކާނާ ކެއުމާއި، ކަސްރަތުކުރުމަށް ވެސް ޝިހާމް ވަނީ އިރުޝާދުދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%