ބޭހާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ އެކު ރާއްޖޭގެ ހެލްތު މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ މަޝްވަރާތައް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ރެގިއުލޭޓަރީ ކޯޕަރޭޝަން ހަރުދަނާކުރުމާއި ބޭހުގެ ކޮލިޓީ އެޝުއަރެންސް އިތުރުކުރުމާއި ބޭސް އިމްޕޯޓް/އެކްސްޕޯޓް ކުރުމުގެ ނިޒާމުތައް ރަނގަޅުކުރުމާއި ކެޕޭސިޓީ ބިލްޑިން ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން ދެ ފަރާތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ދަތުރުފުޅުގައި ހެލްތު މިނިސްޓްރީގެ އިސްވެރިން ވަނީ ޕާކިސްތާނުގެ ނާސިން އެންޑް މިޑްވައިފަރީ ކައުންސިލާ ޔުނިވާސިޓީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި ޕާކިސްތާން ފާމަސިއުޓިކަލް އެސޯސިއޭޝަނާ ވެސް ބައްދަލުކުރެއްވި އެވެ.