ތ. އަތޮޅުގައި ކެންސަރަށް ސްކްރީން ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.
ތ. އަތޮޅުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކެންސަރ ސޮސައިޓީއާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އޮންނަނީ މިއަދުން ފެށިގެން މި މަހުގެ 21 އަށެވެ.
ތ. އަތޮޅުގައި މިޕްރޮގްރާމް ހިނގުމަށް ނިންމާފައިވަނީ ތ.ވިލުފުށި، ތ.މަޑިފުށި، ތ.ދިޔަމިގިލި، އަދި ތ.ބުރުނީގައެވެ.
ކެންސަރަށް ސްކްރީން ކުރެވޭ މި ޕްރޮގްރާމުގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރާއި، ބޮޑު ގޮހޮރާއި ފުރަގަސް ފަރާތުގެ ކެންސަރަށް ސްކްރީން ކުރުން ހިމެނެއެވެ.
މި ސްކްރީނިންގ ޕްރޮގްރާމްތަކާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމާއި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ރަށެއްގެ ހެލްތު ސެންޓަރަށް ގުޅުއްވާ ނަންނޯޓްކުރުމަށް ކެންސަރ ސޮސައިޓީން ވަނީ އިލްތިމާސްކޮށްފައެވެ.